އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ އުފަލުގަ ދުނިޔޭގަ އުޅެން ބޭނުންވާނަމަ ފުރަތަމަވެސް ކުރަން އޮތްކަމަކީ އެއްވެސް މީހެއްގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ނުކުރުން!

އެންމެ އުފަލުގަ ދުނިޔޭގަ އުޅެން ބޭނުންވާނަމަ ފުރަތަމަވެސް ކުރަން އޮތްކަމަކީ އެއްވެސް މީހެއްގެ ހިތުގަ ޖެހޭނެ އެއްވެސް ކަމެއް ނުކުރުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުއުޅެވިގެން ކަންބޮޑުވެ ޙައްލު ހޯދަން ކުރާނެ ކަމަކަށް އެދޭ ގިނަ މީހުންނާއި ސުވާލުކުރުމުން އެނގެނީ އެމީހުން ވަނީ ކޮންމެވެސް މީހަކަށް ނުވަތަ ބައަކަށް ހިތްދަތިކަން ކުރިމަތިކުރުވާފައިކަމެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ.

އަބަދުވެސް ބުނާފަދައިން ގިނަ ބައަކު އަނިޔާ މާނަކުރަނީ ތަޅައި އަނިޔާކުރުން ކަމަށެވެ! ނަމަވެސް އެއީ އަނިޔާވެރިކަމުގެ އެންމެ ދަށު މިންވަރެވެ! އެންމެ މަތީ މިންވަރަކީ ހިތަށްކުރާ އަނިޔާއެވެ! ހަނދާނުން ފުހެލަންވެސް އެންމެ އުނދަގޫވާނީ ހިތަށް ލިބޭ ޒަޚަމްތަކެވެ. ވީމާ ތިމާ އުފަލުގައި ދުނިޔޭގައި އުޅެން ބޭނުންވާނަމަ އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރާށެވެ!

ﷲ ތައާލާ ތިބާއަށް އުފާވެރިކަން ދެއްވަވާނީ އެހެން މީހަކު ނުވަތަ ބައެއްގެ ރުހުން ނުވަތަ ތާއީދު އޮތުމަކުން ނޫނެވެ! އެކަމަށް އެއްވެސް މީހެއްގެ ހުއްދަ އޮންނާކަށް ނުޖެހެއެވެ. ތިބާގެ އަމަލުތަކަށް ﷲ ތަޢާލާ ރުހިވޮޑިގަތުމުންނެވެ. ތިބާއަށް އެކަމުން އެންމެ ފައިދާކުރާނެ ވަގުތުގައެވެ.

ނަމަވެސް ތިބާ އުފަލުގައި ދުނިޔޭގައި އުޅެން ބޭނުންވާނަމަ އެހެންމީހުންނަށް އަނިޔާވެރިވެގެން ނުވާނެއެވެ. އެހެން މީހުން ދެރަކޮށް ހިތްދަތިކޮށްގެން ނުވާނެއެވެ! އެއިރުން މައްސަލަ ބަދަލުވެގެން ހިނގައިދާނެއެވެ! މިސާލަކަށް އެއިރުން އޭނާވާނީ ތިބާގެ ސަބަބުން އަނިޔާ ލިބެމުން އަންނަ މީހަކަށެވެ. ނުވަތަ އަނިޔާ ލިބިފައިވާ މީހަކަށެވެ! އަނިޔާލިބެމުން އަންނަ މީހުންގެ ދުޢާ ﷲ ތަޢާލާ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ!

ތިބާޢަކީ އަނިޔާވެރިއެއް ކަމުގައި ނުވަނީނަމަ ތިބާގެ މައްޗަށް އެއްވެސް މީހަކަށް ގަދަވެ ގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ އެއްވެސް މީހެއްގެ ހިތުގައި ނުޖައްސާށެވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ!

ޢާއިލާއަށް ބަލާނަމަ ތިބާއަށް ހިތްހަމަ ޖެހުން ހޯދުމުގެ ދަހިވެތިކަމުގައި ކައިވެނި ރޫޅައިނުލާށެވެ! އެކަމުގެ ސަބަބުން އަނެކާއަށް ލިބިދާނެ ދެރައާއި ނިކަމެތިކަމަށް ކޮންމެ މީހަކުވެސް ވިސްނަން ވާނެއެވެ! އަނެކާގެ އެއްވެސް ކުށެއް ނެތި، ނުވަތަ ކައިވެނި ރޫޅައިލުން ނޫން ގޮތެއް ނެތް ފަދަ ޙާލަތެއް މެދުވެރިވެގެން ނޫނީ ކައިވެނި ރޫޅައިނުލާށެވެ!

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާއިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ! ތިބާގެ ސަބަބުން އެއްވެސް ބާވަތެއްގެ އަނިޔާއެއް އެއްވެސް މީހަކަށް ދެވިފައިވާނަމަ އަވަހަށް އެމީހެއްގެ ކިބައިން މާފަށް އެދޭށެވެ! ޙިތްހަލާލް ހޯދާށެވެ! އެކަމަށް ލަދުވެތިވެ ފަސްޖެހިއްޖެ ނަމަ ފަހުން ކުރަން ޖެހޭ ހިތާމަ މާބޮޑުވާނެއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް