އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރު ސްކޫލުތަކަށް 2025 ވަނަ އަހަރަށް ދަރިވަރުން ވެއްދުމަށް މާދަމާއިން ފެށިގެން ހުޅުވާލަނީ

ސަރުކާރު ސްކޫލުތަކަށް 2025 ވަނަ އަހަރަށް ދަރިވަރުން ވެއްދުމަށް މާދަމާއިން ފެށިގެން ހުޅުވާލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، 2025 ވަނަ ދިރާސީ އަހަރަށް ސަރުކާރު ސްކޫލުތަކުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުެއްދުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، އަތޮޅުތެރޭގެ ސްކޫލުތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ވަނީ ފަށާފައެވެ. ނަމަވެސް މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށަހަޅަން ޖެހޭނީ އޮންލައިންކޮށެވެ. މި އޮންލައިން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހެވެ. އަދި މި ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި، ސުންގަޑިއަށް ހާއްސަ ސަމާލުކަމެއް ދެއްވައި، ވީހާވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް މިނިސްޓްރީއިން ވަނީ އެންމެހާ ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު