އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު
ދިވެހި ޒުވާނުންނަކީ ޤާބިލް، މަސައްކަތްތެރި، ހަރުދަނާބަޔަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ސަމާލުކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ތަޢްރީފްކުރައްވައިފިއެވެ.
ޙުސައިން ފަހުމީ މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ސްޓެލްކޯއިން ކުރިއަށް ގެންދާ ލީޑަރޝިޕް އެހްހޭންސްމަންޓް ޕްރޮގްރާމް 469 މުވައްޒިފުން ފުރިހަމަކުރުމާއި ގުޅިގެން އެމުވައްޒިފުންނަށް ރަނގަޅު މުސްތަޤްބަލެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ވިދާޅުވެފައިވާ ބަސްފުޅެއްގައެވެ.
“469 Staff Complete @STELCOMALDIVES Leadership Enhancement Program, Strengthening the Path to a Brighter Future”
— Hussain Fahmy (@HussainFahmy09) October 12, 2024
We are thrilled to announce the successful completion of Batch 9 of our Leadership Enhancement Program, with all 51 team members safely returning from the Girifushi… pic.twitter.com/vmKnMio4Qd
ޙުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކުންފުނީގެ މުވަޒިފުން ތަމްރީނުކުރަން ކުރިއަށް ގެންދާ ލީޑާޝިޕް އެންހޭންސްމެންޓް ޓްރެއިނިނިންގ ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ އިތުރުން ކުންފުންޏަށް ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ޕޮރޮގްރާމަކީ މުވައްޒަފުން ބާރުވެރިކުރުވުމަށް އެކުންފުނިން ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެއް ކަމަށެވެ.
މިއީ ސްޓެލްކޯއިން މިކަމަށް ކުރިއަށް ގެންދިއަ 9 ވަނަ ބެޗެވެ. މިބެޗްގައި ބައިވެރިވީ 51 މުވައްޒިފުންނެވެ. މިޕްރޮގްރާމް ކުރިއަށް ގެންދަނީ އެމްއެންޑީއެފުން ހިނަގާ ގިރިފުށި ޓްރޭނިންގ ސެންޓރުގައެވެ.
މިބެޗްގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވިކަމަށްޓަކައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް، އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުއަށް ޙުސައިން ފަހުނީ ވަނީ ޝުކުރުއަދާކުރައްވައިފައެވެ.
Advertisement
12 އޮކްޓޯބަރ 2024