އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތެލާ ގޭހުން ހިންގޭ ގެރޭޓަރ މާލެ ސަރަޙައްދުގެ މައި އިންޖީނުގެ އަޅަން ކުރަންޖެހޭ ދިރާސާތައްކުރުން ޗައިނާގެ މަޝްހޫރު ކުންފުންޏަކާ ޙަވާލުކޮށްފި

ތެލާ ގޭހުން ހިންގޭ ގެރޭޓަރ މާލެ ސަރަޙައްދުގެ މައި އިންޖީނުގެ އަޅަން ކުރަންޖެހޭ ދިރާސާތައްކުރުން ޗައިނާގެ މަޝްހޫރު ކުންފުންޏަކާ ޙަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

މާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށީ ހިމެނޭ ގޮތަށް ޒަމާނީ ފެންވަރަށް ތެލާ ގޭހުން ހިންގޭ މައި އިންޖީނުގެ އަޅަން ކުރަންޖެހޭ ދިރާސާތައް ކުރަން ޗައިނާގެ މަޝްހޫރު ކުންފުންޏަކާއި ޙަވާލުކޮށްފިއެވެ. އިއްޔެ ސްޓެލްކޯ އާއިއެކު ސޮއިކުރި އެމްއޯޔޫގެދަށުން މިދިރާސާތައް ކުރާނީ ޗައިނާގެ އެންމެ ބޮޑު 10 ކުންފުނީގެ ތެރޭގައި ހިމެނޭ ޓީބީއީއޭ ގްރޫޕް ކޮމްޕެނީ ލިމިޓެޑް އިންނެވެ. 

މިއިންޖީނުގެއަކީ 150 މެގަވޮޓްގެ ހަކަތަ އުފައްދާ، ތެލާއި ގޭހުންވެސް ހިންގާ އިންޖީނުގެއެވެ. އިންޖީނުގެ ހުންނާނީ ގުޅިފަޅުގައެވެ. ރަށްތައް ގުޅައިލެވޭނީ އަޅައިލެވޭ ގްރިޑަކުންނެވެ، އެއިރުން މާލެ ހުޅުމާލެ ހިމެނޭ ސަރަޙައްދުވެސް މިގްރިޑާއި ގުޅިގެންދާނެއެވެ. އެކަމުގެ ސަބަބުން ގްރޭޓަރ މާލެ ސަރަޙައްދަށް ދެވޭ ކަރަންޓުގެ ފެންވަރު ރަނގަޅުވެ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ލިބެމުންދާނެއެވެ. 

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ގްރޭޓަރ މާލެ ސަރަޙައްދުގައި މަސައްކަތްކުރާ ތަންތަނާއި މީހުން ދިރިއުޅޭ ތަންތަން ބޮޑުތަނުން އިތުރުވަމުން އަންނައިރު ބޭނުންވާ ކަރަންޓުގެ ޚިދުމަތް ދިނުމަށް މިފަދަ އިންޖީނުގެއަކަށް ވަރަށް ކުރިންސުރެ ބޭނުންވެފައިވާ ކަމަށެވެ. ވީމާ ކުރިމަތިވަމުން އަންނަ ކަރަންޓުގެ މައްސަލަތަކަށް މިއިންއިންޖީނުގޭގެ ސަބަބުން ޙައްލު ލިބިގެންދާނެ ކަމަށެވެ. 

ގްރޭޓަރ މާލެ ސަރަޙައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ޚާއްޞަކޮށް ސްޓެލްކޯއިން ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ސަމާލުކަން ފާހަގަކުރައްވައި ފަހުމީ ވަނީ އެމަނިކުފާނަށް ތަޢްރީފްކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް