އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންނަ އަހަރުން ފެށިގެން، ޝަހީދުންގެ ޢާއިލާތަކަށާ 3 ނޮވެންބަރުގެ ޚާއްޞަ 2 މެޑެލް ލިބުނު ފަރާތްތަކަށް ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ޚާއްޞަ އެލަވަންސެއް ދޭން ފަށަނީ!

އަންނަ އަހަރުން ފެށިގެން، ޝަހީދުންގެ ޢާއިލާތަކަށާ 3 ނޮވެންބަރުގެ ޚާއްޞަ 2 މެޑެލް ލިބުނު ފަރާތްތަކަށް ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ޚާއްޞަ އެލަވަންސެއް ދޭން ފަށަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

އާދެ، މިރެޔަކީ އުފަލާއި ހިތާމަވެސް އަޅުގަނޑުމެންނަށް އިޙްސާސްވާ ރެއެއް، ދުވަހެއް. 8 ސިފައިންގެ ބޭކަލުން ޝަހީދުވެގެންދިޔަ. 11 ޢާންމު ރައްޔިތުން ޝަހީދުވެގެންދިޔަ. ޖުމްލަ 19 ދިވެހިން އެ ދުވަހު ވަނީ ޝަހީދުވެގެން ގޮސްފައި. ހަމައެއާއެކީގައި، އެކިފަހަރު މަތިން، 1979ން ފެށިގެން އަޅުގަނޑު ސިފައިންގެއިން މިއަދު ހިސާބު ހޯދިން. ހޯދިއިރުގައި، އެކިފަހަރު މަތިން ޝަހީދުވެފައިވާ މީހުންގެ ޢަދަދުވެސް އަޅުގަނޑު ހޯދާލާފައިވާނެ. އާދެ، މިގޮތުން ބަލާއިރުގައި، 29 ސިފައިން، މިދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި، އެކި ހާދިސާތަކުގައި، އަދި ފުލުހުންގެ ދެ މީހުންނާއި، މި ދެންނެވި 11 ޢާންމުންނާ އެކީގައި އެބަތިބި. އެހެން ނަމަވެސް، އެއްވެސް ކަމެއް ނުކޮށްދެވޭ. ސަރުކާރުންނެއް، ޢަމުދުން ފަހަކަށްއައިސް، މި ފަރާތްތަކުގެ އަގުވަޒަންކުރާކަށް އެއްވެސް ކަމެއް ނެތް ކޮށްދީފައެއް. ކުރީގައި ޝަހީދުވާ ޢާއިލާތަކަށް ކޮންމެވެސްވަރެއްގެ ފައިސާގެ އެހީއެއް ދޭ. އެހެން ނަމަވެސް، ފަހަކަށްއައިސް އެކަންވެސް ވަނީ ހުއްޓިފައި. އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށްބޮޑު ބޭއިންޞާފެއް އެއީ. 

އެހެންވީމާ، ކުރިއަށް އޮތް ތަނުގައި، މި އަންނަ އަހަރުން ފެށިގެން، ޝަހީދުވި ޢާއިލާތަކަށާއި އަދި ހަމައެއާއެކީގައި، 3 ނޮވެންބަރުގެ މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް ފަރާތާއި، މެޑެލް ފޮރ ބްރޭވަރީ ލިބުނު ދިހަ ފަރާތް ހިމެނޭހެން، މި ހުރިހާ ފަރާތްތަކަށް، ކަނޑައެޅޭ، ގެޒެޓްކުރެވޭ އުޞޫލެއްގެ މަތިން، ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ޚާއްޞަ އެލަވަންސެއް ދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން. 

- ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު