އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންނަ އަހަރުގެ ބަޖެޓުގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ކަމެއްގެ ގޮތުގައި އޮންނާނީ ތަޢުލީމާއި ސިއްޙަތު: ރައިސް

އަންނަ އަހަރުގެ ބަޖެޓުގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ކަމެއްގެ ގޮތުގައި އޮންނާނީ ތަޢުލީމާއި ސިއްޙަތު: ރައިސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

އަންނަ އަހަރުގެ ބަޖެޓުގައި ދެވަނައަށް އެންމެ ބޮޑު އިސްކަމެއްދޭ ކަމެއްގެ ގޮތުގައި އޮންނާނީ ތަޢުލީމާއި ސިއްޙަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.

ވޭތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި މަތީ ތަޢުލީމުގެ ދާއިރާއިންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގިނަ ޢަދަދެއްގެ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ސްކިލްސް ޑިވެލޮޕްމަންޓް މަޝްރޫޢުތައް ހިންގައި، ގިނަ ޢަދަދެއްގެ ސްކޮލަރޝިޕްތައް ދީ، ލޯން ސްކީމްގެ ތެރެއިން ގިނަ ޢަދަދެއްގެ ލޯންވެސް ދޫކުރެވިފައިވާކަމަށެވެ.

މަތީ ޘާނަވީ ދަރިވަރުންނަށް ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން، 23 ސްކޫލެއްގައި މަތީ ޘާނަވީ ކިޔަވައިދޭން ވަނީ ފަށާފައި ކަމަށާއި، މާލޭގައި ގްރޭޑް 11 އަދި 12 ކިޔަވާ ކުދިންގެ ލުއި ފަސޭހައަށްޓަކައި ސީ.އެޗް.އެސް.އީ- މާލެ، އަލުން ހުޅުވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޢަރަބިއްޔާ ސްކޫލަށް ބޮޑު ބިމެއް ކަނޑައަޅައި، ވަރަށް އަވަހަށް އެސްކޫލް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ދަރިވަރުންނަށް ކިޔަވައިދޭނޭ ދިވެހި މުދައްރިސުން އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ދިވެހި ތުއްތުކުދިންނަށް ކިޔަވައިދިނުން ދިވެހިންގެ އަތްމައްޗަށް ގެނައުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އޭލެވަލް ހަދަމުންދާ ކުދިންނަށްވެސް ޓީޗިން ދާއިރާއަށް ވަންނަން ފުރުޞަތު ދެމުން މިދަނީ އެ އުއްމީދުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އަހަރު ވެގެންދާނީ، ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް މުދައްރިސުން ތަމްރީނުކުރެވޭ އަހަރަށް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު