އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮރަޕްޝަނާ ވައްކަމުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދަން ރިޔާސީ ކޮމިޝަން އުފައްދައި ރައީސް ކަމަށް އަސްއަދު

ކޮރަޕްޝަނާ ވައްކަމުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދަން ރިޔާސީ ކޮމިޝަން އުފައްދައި ރައީސް ކަމަށް އަސްއަދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 46 ސިކުންތު

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަޙްމަދު އަސްޢަދް އެވެ. އަސްއަދު ވަނީ އެމްޑީޕީގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭތް މިނިސްޓަރުކަމުގެ މަޤާމު އަދާކުރައްވައިފައެވެ. 

  މިކޮމިޝަނާއި ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވަވާފައި 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 އާއި ދެމެދުގައި ހުރި މއްސަލަތައް ބަލައި ފިޔަވަޅު އެޅުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވިދާޅުވެފައިވަނީ މިމުއްދަތުގައި ގިނަ އަދަދެއްގެ ރައްޔިތުންގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވެ، ވައްކަންކޮށްފައިވީނަމަވެސް ކަމާއިބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފެންވަރެއްގައި މައްސަލަތައް ތަޙްޤީޤްކޮށް ފިޔަވަޅު އަލާފައިވާ ކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންވެގެންވާ ކަމަށެވެ.

ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވެވި

މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާނީ،

އަޙްމަދު އަސްޢަދު، މާތޮޑާއަވަށް. ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ، ޢާޞް ޢަބްދުﷲ، ދަޑިމަގު. ގާޑެންގްރޯވ، ޏ. ފުވައްމުލައް، ނަދީމް އިބްރާހީމް، ދަފްތަރު ނަންބަރު ރސ 7006 ، ޢާއިޝަތު ޙަނާ ވަޙީދު، މ. ހާޑްރޮކް އަދި ފާޠިމަތު ސަރީރާ ޢަލީ ޝަރީފު، ދަފްތަރު ނަންބަރު ދރ 1320 އެވެ. 

މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ  މައްސަލަތަކާއި ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ  އިދާރާއަކަށް  ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު:

https://www.dropbox.com/s/7tql4t7lbt2mp4b/gazette-47-178.pdf?dl=0

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު