އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއުޅެނީ ޤާނޫނު އަސާސީގެ މައްސަލައެއް ކުރިމަތިވެގެނެއް ނޫން! ރާއްޖޭގަ އެހެން ދީންތައް ފަތުރުވަން ކުރާ މަސައްކަތް ކުރިއަށް ނުގެންދެވިގެން!

މިއުޅެނީ ޤާނޫނު އަސާސީގެ މައްސަލައެއް ކުރިމަތިވެގެނެއް ނޫން! ރާއްޖޭގަ އެހެން ދީންތައް ފަތުރުވަން ކުރާ މަސައްކަތް ކުރިއަށް ނުގެންދެވިގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު

ކިޔުންތެރިން ބައްލަވާށެވެ! އެމްޑީޕީގެ ނިމިދިއަ ވެރިކަމުގެ ފުރަތަމަ 4 އަހަރު ދުވަހަށް ބަލައިފިނަމަ އިސްލާމް ދީން ނިކަމެތިކުރަން ސަރުކާރުން ކުރާ ކަންކަމާއި ރާއްޖޭގައި އެހެންދީންތައް ފަތުރަން ކުރާ ކަންކަމާއި އެކަންކަން ހުއްޓުވަން ސަރުކާރުން އެއްވެސް ކަމެއް ނުކުރާތީ ކަންބޮޑުވެ ޢިލްމްވެރިން ދެއްކެވި ވާހަކަފުޅުތަކާ ކުރި ކަންކަމުގެ ޚަބަރުތައް އެވްރެޖްކޮށް ދުވާލަކު 3 ޚަބަރު، އެކަންކަމަށް ކަންބޮޑުވި ނޫސްތަކުގައި ލިޔެވިފައިވާތަން ފެނިވަޑައިގަންނަވާނެއެވެ. މިއީ ބަދަލުކުރެވޭނެ ޙަޤީޤަތެއް ނޫނެވެ. 

މިސަރުކާރުގެ ހުރިހާ ކަންކަން ފުރިހަމަކަމަށް ދަންނަވާކަށް ނެތީމެވެ. އެއްވެސް ސަރުކާރެއްގެ ހުރިހާ ކަންކަން  އެންމެ ފުރިހަމައެއް ނުވާނެއެވެ. އެއީ ކަންކަން ކުރަން ތިބެނީ އިންސާނުންކަމަށްވާތީއެވެ. ނަމަވެސް ސަރުކާރަށް އަހަރާއި 1 މަސް ފުރެންދާއިރު މިދެންނެވި ފަދަ އެންމެ ކަބަރެއްވެސް ލިޔާކަށް އަދި ނުޖެހެއެވެ. 

އަދި މިމުއްދަތަށް ބަލައިފިނަމަ ފެނިގެންދާނީ ރާއްޖޭގެ ތާރީޚުގައިވެސް އިސްލާމް ދީން ޙިމާޔަތްކޮށް މަތިވެރިކުރަން އެންމެ ގިނަ ކަންކަން ކުރެވުނު ދުވަސްތައް ކަމުގައެވެ. އަދި މިހާރުވެސް އެމަސައްކަތްތައް އެދަނީ ކުރެވެމުންނެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެވުނީ ފައުޅުގައި ފަތިސްނަމާދު ކުރުމަށާއި ޖަމާއަތުގައި ނަމާދުކުރަން އެންމެ ބޮދަށް ހިތްވަރުދެއްވި ރައީސްގެ ގޮތުގައެވެ. އެމަނިކުފާނުގެ ތަޤްރީރުތަކުގައި އެކަމަށް ގޮވާލެއްވުމުގެ އިތުރުން ޢަމަލީ ގޮތުންވެސް އެގެންދަވަނީ އެކަންކަން ދައްކަވަމުންނެވެ. 

މިއުޅެނީ ޤާނޫނު އަސާސީގައި މައްސަލައެއް އޮވެގެނެއް ނޫނެވެ. ޤާނޫނުއަސާސީއަށް ގެނެސްގެން ނުވާނެ ބަދަލެއް ގެނެސްގެނެއްވެސް ނޫނެވެ. މިއުޅެނީ ރާއްޖޭގައި އެހެން ދީންތައް ފަތުރަން ކުރެވެމުން އައި މަސައްކަތްތައް ކުރިއަށް ނުގެންދެވިގެންނެވެ. ރައީސް ޑރ. މުޢިއްޒުގެ ޙަޔާތްޕުޅު ނިމުމަކަށް ގެނެސްގެންވެސް އެމަސައްކަތްތަކަށް ފުރުބަތު ހޯދަންވެގެންނެވެ. 

މިއުޅެނީ ރާއްޖެއަށް ޢާންމުކޮށްފައިވާ ޑްރަގާއި ފާޙިޝް ޢަމަލުތައް ކުރުމުގެ ނުބައި ޘަޤާފަތް ނިމުމަކަށް ގެންނަން ހޯމް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތައް ހަޖަމް ނުކުރެވިގެންނެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރަން އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތައް ޙަޖަމް ނުކުރެވިގެންނެވެ. 

ރައްޔިތުން ހޭލުންތެރިވެލައްވާށެވެ! ޝައިޠޯނާއަށް ކުރާ ކައިކައްދިނުމުން ސަލާމަތްވެ ތިއްބަވާށެވެ! ތިމާކުރި ކޮންމެ ޢަމަލަކަށް ޖަވާބުދާރީވާންޖެހޭނެ ދުވަހަށް ބިރުވެތިވެލައްވާށެވެ!

ޔާ ﷲ! ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް މަތިވެރިކުރަން ކުރެވޭ މަސައްކަތްތަކުގައި ބަރަކާތް ލަވަވާނދޭވެ! އާމީން! 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް