އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދުވަހަކުވެސް ކުރަން ސަމާލުކަން ދެއްވާ!: އެދުވަހެއްގަ އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ދުޢާއެއް ޙަދީޘުން-

ކޮންމެ ދުވަހަކުވެސް ކުރަން ސަމާލުކަން ދެއްވާ!: އެދުވަހެއްގަ އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެ ދުޢާއެއް ޙަދީޘުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

ކޮންމެ މީހަކުވެސް މިއަދު ދިރިއުޅެމުން މިއަންނަނީ ނުރައްކަލުގެ ތެރޭގައެވެ. ޙަމަލާ އަންނާނީ ކާކުގެ ކިބައިން ކޮން ގޮތަކަށްކަން ވިސްނަންވެސް ނުއެނގޭ ފަދަ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. މަތިން ބޮން އަޅައި ބިމުން ބޮޑުބަޑިން ޙަމަލާ ލިބިލިބި ހުންނަ ފަދަ ޙާލަތެއްގައެވެ.  

ތަފާތަކީ ހަތިޔާރުންދޭ ޙަމަލާތައް ލޮލަށް ފެނިފައި ސިހުރާއި އެސްފީނާ އާއި އަދި އެނޫންވެސް ގޮތްގޮތަށް ދޭ ޙަމަލާތައް ދޭތަން ލޮލަށް ނުފެންނަކަމެވެ. ލޮލަށް ނުފެނުނު ކަމުގައިވީނަމަވެސް ޙަމަލާތައް އަމާޒުވެ ގެއްލުންތައް ދަނީ ލިބެމުންނެވެ.  

ރައްކައުތެރިކަން ހޯދަން ކުރެވެން އޮތީ އެންމެ ކަމެކެވެ. އެކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރުމެވެ. އެެހންވެ މިބުނެދެނީ ސިޙުރާއި އެސްފީނާ އާއި އަދި އެނޫންވެސް ގޮތަކުން ގެއްލުމެއް ނުލިބި ރައްކައުތެރިކަމުގައި ހުރެވޭނެ މަގު ދައްކަވާނެ ދުޢާއެކެވެ. މާނައަކީ މިދުޢާކުރާ މީހަކަށް އެދުވަހަކު ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ. ވީމާ ކޮންމެ ދުވަހަކުވެސް މިދުޢާކުރަން އާދަކުރަމާ ހިނގާށެވެ!  

ޙަދީޘްފުޅުގައި އޮތީ "ﷲ ހަނދުމަކުރާށެވެ! ﷲ ތިބާއަށް ރައްކައުތެރިކަން ދެއްވަވާނެތެވެ!" މިފަދައިންނެވެ. މި ޙަދީޘް ބަސްފުޅުގެ މާނައަކީ ނަމާދުގައިވެސް އަދި ކޮންމެ ޢަމަލެއް ކުރުމުގައިވެސް ﷲ ތަޢާލާމަތިން ހަނދުމަކުރުމުން އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެކަމެވެ.  

މިބުނެދެނީ އެދުޢާކުރުމުން މުޅި ދުވަހު އެމީހަކަށް ރައްކައުތެރިކަން ދެއްވަވާނެ ވަރަށް ކުރުކުރު ދުޢާއެކެވެ. 

بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ 

މާނައީ: " އުޑުންވިޔަސް ބިމުންވިޔަސް އެ އިލާހުގެ ނަންފުޅާއިއެކު އެއްވެސް ގެއްލުމެއް ކުރިމަތިނުވާނޭ ﷲ ގެ ނަންފުޅުން (ދުވަސް) ފަށަމެވެ. އަދި އެއިލާހް އީ މޮޅަށް އައްސަވައި ވޮޑިގެންވާ މޮޅަސް ދެނެވޮޑިގެންވާ އިލާހްއެވެ."   

ޙަދީޘްފުޅުގައި އޮތީ ހެނދުނާއި ހަވީރު މި ދުޢާ 3 ފަހަރު ކުރާ މީހަކު ހުރިހާ ބާވަތެއްގެ ގެއްލުންތަކުން ސަލާމަތްކުރައްވަވާނެ ކަމަށެވެ.

 

- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

 

https://jamiat.org.za/duas-for-protection/

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް