އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ ޙާލަތަށާ ތިބާގެ ސިފައަށް ލޯބިނުވާ މީހަކު ދެކެ ލޯބިވާން ބޭނުންވާންވެސް ހެޔޮނުވާނެ! އެކަމުން ލިބޭނީ އަނިޔާއާ ގެއްލުން!: މުފްތީ މެންކް

ތިބާގެ ޙާލަތަށާ ތިބާގެ ސިފައަށް ލޯބިނުވާ މީހަކު ދެކެ ލޯބިވާން ބޭނުންވާންވެސް ހެޔޮނުވާނެ! އެކަމުން ލިބޭނީ އަނިޔާއާ ގެއްލުން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

އެންމެން ތިބެނީ އެއް ޙާލަތެއްގައެއް ނޫނެވެ. ދިރިއުޅުމުގެ ކަންކަން ހުންނަނީ އެއްފެންވަރެއްގައި އެއްގޮތަކަށްވެސް ނޫނެވެ. އަދި އެންމެން ތިބެނީ އެއްސިފައަކަށްވެސް ނޫނެވެ. ކޮންމެ މީހަކުވެސް ހުންނަނީ ތަފާތު ސިފައެއްގައެވެ.  

އަހުރެން މިވާހަކަކޮޅު ޚާއްޞަ މިކުރަނީ ނިކަމެތި ޙާލުގައި ދިރިއުޅެންޖެހިފައިވާ މީހުންނަށެވެ. ކައިވެނި ރޫޅިފައިވާ މީހުންނަށާއި އެކަނި ދަރިން ބަލަންޖެހިފައިވާ މީހުންނަށްވެސްމެއެވެ. ވީމާ ރަނގަޅަށް އަޑު އަހާށެވެ!  

ދަތިޙާލުގައި ހުރި، ތަނަވަސްކަން ކުޑް ފިރިހެނުން އެޙާލަތުގައި ބަލައި ގަންނަން ބޭނުން ޖުވާ އަންހެނުން ދެކެ ލޯބިނުވާށެވެ. އަދި ނިކަމެތި ޙާލެއްގައި އުޅެންޖެހިފައިވާ އަންހެނުން، ޚާއްޞަކޮށް އެކަނި ދަރިން ބަލަން ޖެހިފައިވާނަމަ އެޙާލަތުގައި ތިމާ ބަލައިގަންނަން ބޭނުންނުވާ މީހަކު ދެކެ ލޯބިނުވާށެވެ!  

ހަމަ އެއާއިއެކު އެމީހަކު ހުރި ސިފަ، ﷲ ތަޢާލާ އެމީހަކަށް ދެއްވަވާފައިވާ ސިފައިގައި އެމީހަކު ދެކެ ލޯބިނުވާނެ މީހަކު ދެކެ ލޯބިނުވާށެވެ!  

އެކަންކަމަށް ނުވިސްނައި މީހަކު ދެކެ ލޯބިވާން އުޅެފިނަމަ އެކަމުން އެމީހަކަށް ލިބޭނީ އިތުރު ހިތްދަތިކަމެވެ. އިތުރު އަނިޔާއެވެ. ވީމާ ކެތްތެރިވެލައި އިންތިޒާރުކުރާށެވެ! ﷲ ތަޢަލާގެ ޙަޟްރަތުން ވާގިއެދެމުން ގެންދާށެވެ. ދުޢާކުރަމުން ގެންދާށެވެ! ތިބާގެ ޙާލަތާއި ސިފަ ބލައިގަނެ ލޯބިވާނެ މާރަނގަޅު މީހްކު ދައްކަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް