އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ދަތިޙާލުގަވެސް ތެދުވެރިވެ ތެދުވެރިވާން ދަރިފުޅަށް ދަސްކޮށްދޭން މަސައްކަތްކުރި އަންހެނަކަށް އެކަމުގެ އަގަށް ތަނަވަސް ފިރިއަކާ އޭނާގެ ލޯބި ލިބުނު ގޮތުގެ ވާހަކަ-

އެންމެ ދަތިޙާލުގަވެސް ތެދުވެރިވެ ތެދުވެރިވާން ދަރިފުޅަށް ދަސްކޮށްދޭން މަސައްކަތްކުރި އަންހެނަކަށް އެކަމުގެ އަގަށް ތަނަވަސް ފިރިއަކާ އޭނާގެ ލޯބި ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

އެއީ އެކަނިވެރި މައެކެވެ. ދަރިފުޅު ގޮވައިގެން ދިރިއުޅެމުން ދިއައީ ކުލީ ކޮޓަރިއެއްގައެވެ. އެދުވަހަކީ އޭނާއަށް އެންމެ ބޮޑު މައްސަލަ ކުރިމަތިވި ދުވަހެވެ. ކުލި ނުދެއްކޭތީ ކޮޓަރި ހުސްކުރަން އެންގި ދުވަހެވެ. 

އިތުރު މުއްދަތަކަށް އެދި އާދޭސްކުރުމުންވެސް ފުރުޞަތެއް ނުދިނެވެ. އެންގީ މިއަދު ފައިސާ ނުދެއްކޭނެނަމަ ކޮޓަރިން ނުކުތުމަށެވެ. އެގޮތަށް އަންގާފައި ދިއަތަނާ 8 އަަހަރުގެ ދަރިފުޅު އައީ ފައިސާތަކެއް ހިފައިގެންނެވެ. ބުނީ މިއީ މަގުމަތިން ފެނުނު ފައިސާތަކެއް ކަމަށާއި މިފައިސާއިން ކުލި ދެއްކިދާނެ ކަމަށެވެ. 

މަންމަ ބުނީ ފައިސާއަށް ކިތަންމެ ބޮޑަށް ބޭނުންވެގެން ތިބިނަމަވެސް މީހުންގެ ފައިސާ ބޭނުންކުރަން ނުވާނެކަމަށެވެ. ފައިސާތައް ގެންގޮސް ފެނުނު ތަނުގައި ބޭއްވުމަށެވެ. މިވާހައިކައި ތިއްބައި ފިރިހެނަކު އައިސް ބުނީ އެއީ އޭނާގެ ފައިސާ ކަމަށެވެ. އެހެން ބުނާއިރަށް ފައިށާތައް އޭނާއަށް ދިނެވެ. 

އޭނާ ބުނީ އެތަނުގައި ދެކެވުނު ވާހަކަތައް އަޑުއެހިންކަމަށާއި ކޮޓަރިން ނުކުމެގެން ގޮސް ވަންނާނީ ކޮން ތަނަކަށްކަން އެނގެން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ދާނީ ކޮންމެވެސް މިސްކިތަކަށް ކަމަށެވެ. މިސްކިތުގައި އިނދެގެން ނިކަމެތިން ހިލޭ ބައިތިއްބައިދޭތަނެއް ހޯދަން މަސައްކަތްކުރާނީ ކަމަށެވެ. "އަހުރެމެން ދެމައިން މިތިބީ ވަރަށް ނިކަމެތި ޙާލުގަ. އެކަމަކުވެސް ބޭނުމެއް ނޫން މީހެއްގެ ފައިސާއެއް ނުޙައްޤުން ބޭނުންކުރާކަށް. އެކަން ދަރިފުޅަށް ދަސްކޮށްދޭން މަސައްކަތްމިކުރަނީ." 

އެހެން ބުނާއިރަށް ފިރިހެން މީހާއަށް ރޮވުނެވެ. ދެމައިން ކޮޓަރިން ނެރެގެން ގެންގޮސް އޭނާގެ ގެއަށް ވައްދާފައި ކޮޓަރިއެއް ދެއްކިއެވެ. އަދި އެތަނުގައި ތިބުމަށާއި ފްރިޖުގައާއި ބަދިގޭގައި ހުރި ތަކެތި ކައްކައި ކައިގެން ތިބުމަށް ބުނެފައި ނުކުމެގެން ދިއައީއެވެ. 

އެނބުރި ގެއަށް އައީ އެރެއެވެ. އައިއިރު ހުރީ އޭނާއަށްވެސް ކައްކައި ކާންހަދާފައެވެ. ކާން އިށީނދެފައި އަނެއްކާވެސް އޭނާއަށް ރޮވުނެވެ. ނަމަވެސް އިތުރުވާހަކައެއް ނުބުނެ ކައިނިމިގެން ގޮސް ސޯފާގައި އިށީނދެފައި ބުންޏެވެ. 

"ހެޔޮލަފާ އަންތބަކު ހޯދަން މމަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އެފައިށާތައް މަގުމަތީގައި ބެހެއްޓީ ޤަޞްދުގައެވެ. ހުރީ ފާރަވެރިވެގެންނެވެ. އެފައިސާތައް ލިބުމުން ބޭނުން ނުކޮށް ދަރިފުޅަށް ދިން ނަޞޭޙަތް އެއީ އަހުރެންގެ އަނބިމީހާވެސް ދަރިފުޅަށް އެންމެ ބޮޑަށް ވިސްނައިދޭން މަސައްކަތްކުރި ކަންތަކެވެ. އެއިރު ރޮވުނީ އެހެންވެގެންނެވެ. ކާން އިނދެފައި ރޮވުނީ ކައްކާފައި ހުރީ އަނބިމީހާ އަހުރެންނަށް އެންމެ ގިނައިން ކައްކައިދޭ އެއްޗެތިކަމަށްވީމައެވެ. 

ގަދަ ހުމެއް ޖެހިފައި ދަރިފުޅާއި އަނބިމީހާ ނިޔާވިތާ 3 އަހަރުވެއްޖެއެވެ. އަހުރެންގެ އަނބިމީހާ ފަދަ ހެޔޮލަފާ އަންހެނަކު ހޯދަން މިއަންނަނީ މަސައްކަތްކުރަމުންނެވެ. އަހުރެން ވިސްނާ ގޮތުން މިލިބުނީ ހަމަ އޭނާފަދަ އަންހެނެކެވެ. އަދި ދަރިފުޅު ފަދަ ދަރިއެކެވެ. އަހުރެން އެދެނީ ދެމީހުން ކައިވެނިކުރުމަށެވެ. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ދެރަގޮތެއް ނުހަދާނަމެވެ." 

ދެމީހުން ކައިވެނިކުރީއެވެ. އުފަލުގައި އުޅެމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ދެމަފިރިންނަށް 3 ދަރިންވެސް ލިބިއްޖެއެވެ. ނަމަވެސް ދޮށީ ދަރިފުޅުގެ މަޤާމްދެނީ އަންހެންމީހާގެ ދަރިފުޅަށެވެ. 

މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. ބުނާނެ އިތުރު އެއްޗެއް ނެތެވެ. މިހިރަ ކަންކަމަކީ ކޮންމެ މީހަކުވެސް ވިސްނައި ފިކުރުކުރުމުން އަގުހުރި ފިލާވަޅުތައް ޙާޞިލުކުރެވޭނެ ކަންކަމެވެ. އިން ޝާ ﷲ

 

- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް