އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު
ކީރިތި ޤުރްއާނަށް ބަލާށެވެ! މީސްތަކުންނަށް މާފުކުރާ މީހުންނަށް ދެއްވަވާ މަތިވެރި ދަރަޖަ އެނގިގެންދާނެއެވެ. މަތިވެރި ދަރަޖައެވެ ބުނުމަކުން އަދި ފުރިހަމައެއްވެސް ނުވެއެވެ. މީސްތަކުންނަށް މާފުކުރުމުގައި ދީލަތި މީހުންނަށް ﷲ ތަޢާލާ ޢަފޫކޮށްދެއްވަވާނެކަމަށް އޮތުމުންނެވެ. މީހަކަށް ﷲ ތަޢާލާ ޢަފޫކޮށް ދެއްވަވައިފިނަމަ އެމީހެއްގެ ދަރަޖައަށްވުރެ މަތިވެރިވެގެންވަނީ ކާކުގެ ދަރަޖައެއް ހެއްޔެވެ؟
ހަމައެއާއިއެކު ކާމިޔާބު ލިބިގެންވާ މީހުންނަކީ މާފުކުރުމުގައި ދީލަތި އަދި ރުޅިކޮންޓްރޯލްކުރާ މީހުން ކަމަށްވެސް އެބައޮތެވެ؟ ދެން ބަލައިލަންވީ ކާމިޔާބު ލިބިގަތުމަކީ ކޮބައިކަމެވެ. މީހަކަށް ﷲ ތަޢާލާގެ ޙަޟްރަތުން ކާމިޔާބުލިބުމަކީ އެމީހަކަށް ސުވަރުގެ ލިބުމެވެ. ވީމާ މިބަސްފުޅުން އެނގެނީ މީސްތަކުންނަށް ޢަފޫކުރާ އަދި ރުޅިކޮންޓްރޯލްކުރާ މީހުންނަށ އޮތީ ސުވަރުގެ ކަމެވެ.
ދެން ވިސްނައިލަންވީ ކާމިޔާބު ލިބިގެންވާ މީހަކަށްވުމަށް ފުރިހަމަކުރަންޖެހޭ ފުރަތަމަ ޝަރުޠަށެވެ. އެޝަރުޠަކީ އީމާންވެ ހެޔޮ ޢަމަލުތައް ކުރުމެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމެވެ. ވީމާ ފުރަތަމަ ކަމަކަށް އެޝަރުޠު ފުރިހަމަކުރާށެވެ. ދެން މިބުނި މަގުން ޢަމަލުކުރާށެވެ! އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. އިން ޝާ ﷲ
ވީމާ ދެމަފިރިންގެ މެދުގައި ކަމެއް ދިމާވާއިރަށް ރުޅި އިސްނުކުރާށެވެ! ރުޅިކޮންޓްރޯލްކުރާށެވެ! މާފުކުރާށެވެ! ދުނިޔޭގައިވެސް އަދި އާޚިރަތް ދުވަހުވެސް އެމީހަކަށް ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
16 މާޗް 2025