އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތުރެއްގެ މަތީގަވިޔަސް ނަމާދުކުރުމަށް ތަރުތީބެއް އެބައޮތް! އޮޅުވައެއް ނުލެވޭނެ!

ދަތުރެއްގެ މަތީގަވިޔަސް ނަމާދުކުރުމަށް ތަރުތީބެއް އެބައޮތް! އޮޅުވައެއް ނުލެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ދަތުރުމަތީގައި ނަމަވެސް ނަމާދުކުރުމަށް ތަރުތީބެއް އެބަ އޮތެވެ. އެއީ ފަތިސް ނަމާދުން ފެށުމާއި ބޭނުންނަމަ މެންދުރާއި ޢަޞްރު އަދި މަޣްރިބާއި ޢިޝާ އެއްކުރުމެވެ. މިތަރުތީބަށް ބަދަލެއް ނުގެނެވޭނެއެވެ.

މިޘާލަކަށް މެންދުރުނަމާދުގެ ވަޤުތުގައިވެސް އަދި ޢަޞްރުނަމާދުގެ ވަޤުތުގައިވެސް އެއްކުރެވޭނީ މެންދުރާއި ޢަޞްރުވެ. ހަމައެފަދައިން މަޣްރިބް ނަމާދުގެ ވަޤުތުގެ އާއި ޢިޝާ ނަމާދުގެ ވަޤުތުގައިވެސް އެއްކުރެވޭނީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދެވެ.

ނަމާދު ޤަޞްރުކޮށް ޖަމްޢުކުރާއިރު މަޣްރިބް ވަގުތު ޢަޞުރުނަމާދު ކުރެވިދާނެތޯ؟

ޖަވާބު:. މިހާރު ކޮންމެ ނަމާދެއްވެސް އެނަމާދަކަށް ކަނޑައެޅިފައިވާ ވަގުތުގައި ކުރަންވާނެ، މެންދުރާ ޢަޞުރާ ކުރަން އެންމެ ފަހުވަގުތަކަށް މިއިންނަނީ ޢަޞުރު ނަމާދު ވަގުތު ނިމުމުގެ ކުރިން، މާނައަކީ އިރުއޮއްސުމުގެ ކުރިން، މެންދުރާ ޢަޞުރާ ކުރަންވާނެ، ދެން މަޣްރިބާ ޢިޝާއާވެސް ރޭގަނޑުގެ ދެބައިވުމުގެކުރިން ކުރަންވާނެ،

އެހެންވީމައި މަޣްރިބް ވަގުތަކުނޫން ޢަޞުރުނަމާދު ކުރާނީކީއްޔެއް، ނުވަތަ މެންދުރުނަމާދު ކުރާނީކީއްޔެއް، އެނަމާދަކަށް ކަނޑައެޅިފައި އޮންނަ ވަގުތުގައި އެނަމާދެއް ކުރަންވާނީ.

-- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް