އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 15 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ރަމަޟާން މަހު އަޅުގަނޑުމެންނަށް ރަނގަޅުކުރުމަށްޓަކައި ކުރެވިދާނެ ބައެއް ޢަމަލުތައް ތިރީގައި މިބަޔާން ކޮށްލަނީއެވެ.
އެންމެ ފުރަތަމަ ކަމަކަށް ނަމާދު ކުރުމަށް ފަރުވާތެރިވެ ނަމާދު ރަނގަޅަށް ކުރުމެވެ. އެގޮތުން ނަމާދު އަވަހަށް ކުރުމުގެ ބަދަލުގައި ތަންކޮޅެއް މަޑުމާތްތިރިކަމާއެކީގައި ލަސްލަހުންކުރުމެވެ.
ތިބާއަށް އެހެން ސޫރަތްތައް އެނގޭނަމަ ނަމާދުގައި އެސޫރަތްތައް ކިޔެވުމެވެ. ދުލުންނާއި އަތުން ވެސް މޮނިޓަރ ކުރަމުންނެވެ.
ރަމަޟާން މަހު ޒަކާތް ދިނުމާއި ޞަދަޤާތް ދިނުމަކީ ވަރަށް މާތް އަޅުކަމެކެވެ. ހަމައެފަދައިން ޒިކުރު ކުރުމާއި ދުޢާ ކުރުމާއި، ތިބާގެ ޢާޢިލާ މީހުންނާއި ގާތްތިމާގެ މީހުންނަށް އެހީތެރިވުމަކީވެސް ވަރަށް މާތް އަޅުކަމެކެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރާއި އިންޓަރނެޓް އަމިއްލައަށް ބޭނުންކުރެވޭ މިންވަރު އަމިއްލައަށް ވިސްނި އެކަން މަދުކުރުމެވެ.
ސުންނަތް ނަމާދުތައް ގިނަކުރާށެވެ. އަދި ތިބާ އިހުސާސްވާ ކޮންމެ ފަހަރަކު ސުންނަތް ނަމާދު އިތުރު ކޮށްލާށެވެ.
ނަމާދުގެ ޤިޔާމް ގައި ހުރުން ނުވަތަ ﷲ ސުބްޙާނަހޫ ވަތަޢާލާ ޘަވާބު ދެއްވާ ކޮންމެ އަޅުކަމެއް، އެއީ ހަމައެކަނި ނަމާދު ކުރުމެއް ނޫނެވެ. ތިބާ ޢިޝާ ނަމާދުގެ ފަހުން ނިދާ ތެދުވެ ހުރެ ކުރާ ހެޔޮ ޢަމަލެކެވެ.
ފަޖުރު ވަގުތާ ހަމައަށް ރޭގަނޑުގެ ވަގުތަކީ ޤިޔާމްއެވެ. އަސްލު ޙަޤީޤަތުގައި އޭގެ އަސްލަކީ ނަމާދާއި ޤުރުއާނާއި ޒިކުރުކުރުމާއި ދުޢާކަމަށް ހީވިއަސް،ތިބާ ރޭގަނޑު ހޭލާ އެނދުމަތީގައި އިށީނދެ އިނދެއެވެ.
މިސާލަކަށް އެއީ ދަންވަރު 3 ޖަހާއިރުއެވެ. ތިބާ ނިދާ ތެދުވެ އެނދުމަތީގައި އިށީނދެ، ވުޟޫ ކުރުމެއްނެތި ދީނާ ގުޅޭ މަޢްލޫމާތު ލިބޭ ފޮތެއް ނުވަތަ ލިޔުމެއް ކިޔާލެވިދާނެއެވެ. އާޚިރަތް ދުވަހާ ބެހޭގޮތުން، ތިބާގެ ނަމާދާ ބެހޭގޮތުން ނުވަތަ ތިބާގެ ރޯދަ އާއި ބެހޭގޮތުން މަޢްލޫމާތުކޮޅެއް ކިޔާލެވިދާނެއެވެ. އެއީ ޢިލްމެވެ.
މީގެ އިތުރުން ތިބާ އަކީ ކީރިތި ޤުރްއާން ކިޔަވާ މީހަކަށް ވެއްޖެނަމަ ވަރަށް ރަނގަޅުވާނެއެވެ. އޭގެ ސަބަބުން ތިބާއަށް ޢަރަބި ބަހުން ކީރިތި ޤުރްއާން ކިޔެވި، ކީރިތި ޤުރްއާން ކިޔަވާ ޚަތިމްކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
ނަމަވެސް ކީރިތި ޤުރްއާން ކިޔަވަން ނޭނގޭނަމަ ތިބާ ހިތުދަސްކޮށްފާ ހުރި ބައެއް 100 ފަހަރު ތަކުރާރު ކުރެވިދާނެއެވެ.
މިސާލަކަށް قُلْ هُوَ ٱللَّهُ أَحَدٌ ﴿١﴾ މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. (1)"
މިއާޔަތް 100 ފަހަރު ކިޔާށެވެ.
ނުވަތަ ސޫރަތުލް ފާތިޙާ 100 ފަހަރު ކިޔާށެވެ.
ދުވާލުގެ ވަގުތުގައިވެސް ކިޔާށެވެ. އެކަމުގައި މައްސަލައަކީ ކޮބައިހެއްޔެވެ. އެއީ اللَّه ގެ ބަސްފުޅުތަކެވެ.
Advertisement
24 މާޗް 2025