އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ތިޔަބައިމީހުން ކާމިޔާބު ބޭނުންނަމަ، ނިޢްމަތްތައް ބޭނުން ނަމަ ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނުން މިންވަރެއް ކިޔަވާށެވެ.
ކީރިތި ޤުރްއާނާ މެދު އިހްމާލު ނުވާށެވެ.
ކީރިތި ޤުރްއާން ދޫކޮށްނުލާށެވެ.
އެއްވެސް އިރެއްގައި ދޫކޮށްނުލާށެވެ.
ކީރިތި ޤުރްއާން ކިޔެވުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.
އަދި ހެޔޮލަފާ މީހުން ބުނި ފަދައިންނެވެ.
އެންމެ ހެޔޮބަސް ކިޔެވުން ދުވާލުގެ އެންމެ ހެޔޮ ވަގުތު ކަމުގައި ހަދާށެވެ.
ތިޔަބައިމީހުންނަށް ބާކީވާ ވަގުތުގައި ކީރިތި ޤުރްއާން ކިޔެވުމަށް ނަހަދާށެވެ.
ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމަށް އެންމެ ރަނގަޅު ވަގުތު އިޚްތިޔާރް ކުރާށެވެ.
ކީރިތި ޤުރްއާން ކިޔެވުމަށް އެންމެ ރަނގަޅު ވަގުތަކީ ފަތިހުގެ ކުރީގެ ވަގުތު އަދި ފަތިސް ނަމާދުގެ ފަހުންނެވެ.
އެއީ ޙަޤީޤަތުގައި ކިހާ ރީތި ކަމެއް ހެއްޔެވެ؟
ތިޔަބައިމީހުން އަމިއްލަ نفس އަށް ބައެއް ކިޔެވުމަށް އިޚްތިޔާރު ކުރާށެވެ.
ކޮންމެ ދުވަހަކުވެސް ބައެއް އިޚްތިޔާރު ކުރުމަށްފަހު ކިޔަވާށެވެ.
އެއީ ފަތިސް ނަމާދުގެ ކުރީން ފަތިސް ނަމާދު ވަގުތު ޖެހެންދެނެވެ.
ނުވަތަ ފަތިސް ނަމާދު ކުރުމަށްފަހު އިރު އަރަންދެނެވެ.
ﷲ ތަޢާލާގެ އިރާދަފުޅާއެކު އެކަން ކުރުމަށް މަސައްކަތް ކުރާށެވެ.
މިގޮތައް ޢަމަލު ކުރުމުން ތިބާއަށް ނިޢްމަތްތައް ލިބި، ހިތަށް ހަމަޖެހުން ލިބިގެންދެއެވެ. އަދި އަމާންކަމާއި، ދިމާވާ މައްސަލަތައް މަދުވެ، އެސްފީނާ ފަދަ ކަންކަމުން ރައްކާތެރިވުމަށް ލިބޭ އެހީތެރިކަމަކަށްވެއެވެ.
Advertisement
26 މާޗް 2025