އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: މީހަކު ބުނެގެން ފާފައެއް ކޮށްފިނަމަ އެފާފަ އެޅޭނީ ފާފަކުރަން ބުނި މީހާގެ ބޮލުގަތަ؟

ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް މައިލޯ ބުއިން ކޭހެއް ލިބޭ މިއަދުގެ ސުވާލު!: މީހަކު ބުނެގެން ފާފައެއް ކޮށްފިނަމަ އެފާފަ އެޅޭނީ ފާފަކުރަން ބުނި މީހާގެ ބޮލުގަތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.   

މިއަދުގެ ސުވާލު:

މީހަކު ބުނެގެން ފާފައެއް ކޮށްފިނަމަ އެފާފަ އެޅޭނީ ފާފަކުރަން ބުނި މީހާގެ ބޮލުގަތަ؟  

އެހީ:

ކޮންމެ މީހަކު ބުނެގެން ނަމަވެސް ފާފައެއް ކޮށްފިނަމަ އެކަން އެކަން އެޅޭނީ ފާފަކުރި މީހާގެ ބޮލުގައެވެ. ޝައިޠޯނާ ވަސްވާސްދީގެން ކުރުވިނަމަވެސް ޝައިޠޯނާގެ ބޮލަކުވެސް ނުއެޅޭނެއެވެ. އެޅޭނީ ހަމަ އެމީހެއްގެ ބޮލުގައެވެ.  

ވީމާ ވަޒީފާ ދިން މީހާ ބުންޏަސް، ޙަޔާތުގެ ބައިވެރިޔާ ބުންޏަސް އަދި ކިތަންމެ ގާތް އެކުވެރި ބުންޏަސް ފާފައެއް ނުކުރާށެވެ! އެފާފަ ކުރިކަމަށް ލިޔުއްވެވޭނީ ފާފަކުރި މީހާގެ ފަތުގައެވެ. ވީމާ އެންމެ ކުޑަމިނުން ކިތަންމެ ގާތް މީހަކު ބުންޏަސް ދޮގެއްވެސް ނުހަދާށެވެ!  

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް