އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާގެ އުނިކަންތައްތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ފުރުއްވަވައި ދެއްވެވުމަށް އެދެމުތަ؟

ތިމާގެ އުނިކަންތައްތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ފުރުއްވަވައި ދެއްވެވުމަށް އެދެމުތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ރަމަޟާން މަސް ނިމިދިއުމާއިއެކު މިސްކިތްތަކަށް އަރާ މީހުންގެ ޢަދަދު މިވަނީ ބޮޑުތަނުން މަދުވެފައެވެ. ނަމަވެސް އެއީ ދެމީހުންގެ މެދުގައި ބޮޑެތި ހުސްޖާގަތައް ދޫކޮށްގެން ސަފުހަދަން ހުއްދަވާ ސަބަބެއް ނޫނެވެ! އަދި އެއީ ސަފު ފުރިހަމަވާނެ ގޮތެއްވެސް ނޫނެވެ.

މިސްކިތް ފުރިބާރުނުވިޔަސް ސަފުހަދަންވާނީ ސަމާލުވެގެން ތިބެ ސުންނަތާއި އެއްގޮތަށެވެ. ރަނގަޅަށް ވިސްނާށެވެ!

ނަމާދު ފުރިހަމަވާނީ ސަފުތައް ފުރާލައިގެންނެވެ. ނަމާދުގައި ސަފު ހެދުމަށް ރަސޫލް (ﷺ) އަންގަވައިދެއްވަވައިފައިވާ ގޮތަށް ސަފު ހެދުމުންނެވެ. ފައި އާއި ފައި (ފަޔާއި ފައި)، ކޮނޑާއި ކޮޑު ޖައްސަން އިމާމް އެ ގޮވާލަނީ އޭނާގެ އަމިއްލަ ބަހެއް ނޫނެވެ. އެއީ އެކަން ކުރަން ސުންނަތުގައި އަންގަވާފައި އޮތް ގޮތެވެ. ސަފަށް ގޮވާލަން ސުންނަތުގައި އައިސްފައިވާ ގޮތެވެ.

ސަފުތަކުގައި ހުންނަ ހުސް ޖާގަތައް ފުރާމީހުންގެ އުނިކަންތައްތައް ޤިޔާމަތް ދުވަހު މާތް ﷲ ފުރުއްވައިދެއްވަވާނެތެވެ

ނަމާދުގެ ސަފުތައް ފުރިހަމަވުންވަނީ ނަމާދު ފުރިހަމަވުމުގެ ތެރެއިން ކަމަށް އިމާމުން އެވިދާޅުވާ ބަސްފުޅަށް ވިސްނާށެވެ! އެމީހާގެ ނަމާދުފުރިހަމަކުރަން އެމީހަކު ސަމާލުކަންދީގެން ނޫނީ ޖަމާޢަތުގެ ފުރިހަމަކަމެއް ނުއޮންނާނެއެވެ. ވީމާ އިމާމް ގޮވައިލީމާ ދައްކާލަން ދެމީހުން ކައިރިވެލާފައި ނަމާދަށް ފެށުމުން ދުރުވީމާ އެއީ ސަފުތައް ފުރިހަމަކުރުން ކަމަކަށް ނުވާނެއެވެ. ނަމާދަށް ފެށީންސުރެ ނިމެންދެން ތިބެންވާނީ އެއްގޮތަކަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް