އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އެކުވެރިންގެ މަލާމާތަށް ނުބަލައި ބައިވެރިއަކަށް އެންމެ ފަޤީރު މީހާ އިޚްތިޔާރުކުރީމާ ހުރިހާ އެކުވެރިންނަށްވުރެ އުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އެކުވެރިންގެ މަލާމާތަށް ނުބަލައި ބައިވެރިއަކަށް އެންމެ ފަޤީރު މީހާ އިޚްތިޔާރުކުރީމާ ހުރިހާ އެކުވެރިންނަށްވުރެ އުފާވެރި ދިރިއުޅުމެއް ލިބުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

އަޅުގަނޑުމެން 4 އަންހެނުންނަކީ ސްކޫލުންސުރެ އެކުގައި އުޅޭ 4 އެކުވެރިންނެވެ. ކޮލެޖް ނިންމައި ވަޒިފާ ލިބި ކައިވެނިކުރާ އުމުރަށް އެޅުމުން 3 އެކުވެރިންވެސް ލޯބިވެރިން ކަމުގައި ހޯދީ ތަނަވަސް މީހުންނެވެ. އަޅުގަނޑު ހޯދީ ފަޤީރެކެވެ. 

އެކުވެރިން އަޅުގަނޑަށް މަލާމާތްކުރިއެވެ. ތަނަވަސް ފިރިހެންކުދިން އެދިއެދި ތިއްބައި ފަޤީރަކާއި ގުޅެން ޤަޞްދުކުރީތީއެވެ. އެކަމަކަށް އަޅުގަނޑު އަޅައެއް ނުލަމެވެ. އަޅުގަނޑު ބޭނުންވި ގޮތަށް ކުރިއަށް ގޮސް ކައިވެނިކުރީއެވެ. 

4 އެކުވެރިންވެސް ކައިވެނިކުރީ ދާދިއެކުއެކުގައިހެންނެވެ. ކައިވެންޏަށް މިހާރު 12 އަހަރުވީއެވެ. އެހެންވެ މިދަންނަވާލަނީ ނަތީޖާއެވެ. އެކަކު 3 ވަނަ އަހަރު ވަރިކޮށްފިއެވެ. ދެވަނަ އެކުވެރިޔާ 5 ވަނަ އަހަރު ވަރިކޮށްފިއެވެ. 3 ވަނަ އެކުވެރިޔާ ވަރިއެއް ނުކުރެއެވެ. އެކަމަކު ފިރިމީހާ އެކިފަހަރުމަތިން އިތުރު 3 ކައިވެނިކޮށްފިއެވެ. އެކުވެރިޔާގެ ލޮލަކުން ކަރުނައެއް ނުހިކެއެވެ. 

ދެން މިހުރީ އަޅުގަނޑެވެ. ޚިޔާލުތަފާތުވާ ކަންކަން މެދުވެރިވެއެވެ. އެކަމަކުވެސް މިއަދާއި ހަމައަށްވެސް ދެމީހުން ދެބަސްވެ ޒުވާބުކުރާކަށް ނުޖެހެއެވެ. ބާރަށް ބަހެއް ބުނަންވެސް ނުޖެހެއެވެ. ދެމީހުންގެ މެދުގައި ލޯތްބާއި އެކުވެރިކަން ހަމަ އެންމެ ކުރިއާއިއ އެއްގޮތަށް އެބައޮތެވެ. 

މިވާހަކަ މިކިޔައިދިނީ އެކުވެރިންގެ ކައިވެނި ރޫޅިގެންދިއުމުން ނުވަތަ ފޭލްވުމުން އެކަމާއި އުފާކުރާކަށް ނޫނެވެ. ޒަވާޖީ ޙަޔާތުގެ ކާމިޔާބީ ގުޅިފައިވަނީ ތަނަވަސްކަމާއި ނޫންކަމަށް ބުނުމަށެވެ. އެކަން އަޅުގަނޑަށް މިގޮތަށް ތަޖުރިބާކުރެވިފައިވާތީއެވެ. 

އެކުވެރިން ކައިވެނީގެ ކުރީކޮޅު އޮޅުނީ ވަރަށް އުފަލުގައެވެ. އަބަދުހެން ތިބީ ބޭރު ޤައުމުތަކަށް އުދުހިއުދުހިއެވެ. ހަނީމޫން ދުވަސްކޮޅު ދިއުމުން ދެން ތިބެންޖެހުނީ ބިމަށް ތުންހަރައިގެންނެވެ. އަޅުގަނޑަށް މިޖެހެނީ ފިޔަކޮށިގެން ގޭގައި އިންނާށެވެ. ނުއުދުވުނަސް ހަމަ ޤައިމުވެސް އަޅުގަނޑު މިއިންނަނީ ވަރަށް އުފަލުގައެވެ. ބިމަށް ތުންހަރާކަށް ނުޖެހެއެވެ. 

އެއިރު އެކުވެރިން ވަރަށް ގޮތްގޮތަށް ވާހަކަތައް ދެއްކި އެވެ. ދެރަވި ބަސްތައްވެސް ބުންޏެވެ. އެކަމަކުވެސް ކެތްތެރިވެލީއެވެ. ހަމައެކަނި އެކުވެރިންނާއިމެދު ގެނައި ބަދަލަކީ އެކުގައި ބާޒާރަށް ދިއުން މަދުކުރުމާއި ކައިބޮއި ހަދަން ތަންތަނަށް ދިއުން މަދުކުރުމެވެ. 

ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަކޮޅުން ޢިބްރަތެއް ލިބި ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ.

 

- ޢާޞިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް