އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބިވާކަމަށް ބުނާ މީހާއަށް ދީލާނުލައި ﷲ އަށް ތެދުވެރިވާނަމަ ދެއްވަވާނެ އުފާވެރިކަން މާބޮޑުކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ލޯބިވާކަމަށް ބުނާ މީހާއަށް ދީލާނުލައި ﷲ އަށް ތެދުވެރިވާނަމަ ދެއްވަވާނެ އުފާވެރިކަން މާބޮޑުކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 30 ސިކުންތު

މަތީ ޘާނަވީ ނިންމައި ކޮލެޖުގައި ކިޔަވަން އުޅެމުން ބައްދަލުވި ދަރިވަރަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. ލޯބީގެ ގޮތުން ގުޅުނު ނަމަވެސް ދެމީހުންގެ މެދުގައި ވަރަށް ބޮޑު މައްސަލައެއް އޮވެއެވެ. އެއީ އަޅުގަނޑުގެ ގައިގައި އަތްލުމުގެ ހުއްދަ އޭނާއަށް ނުދޭތީއެވެ. އަޅުގަނޑު ބުނަމުން އައީ އެކަން ކުރެވޭނީ ކައިވެންޏަށްފަހުގައި ކަމަށެވެ.  

ކޮންމެއަކަސް ކޮލެޖުވެސް ނިމި ވަޒީފާއަށް ދާންފެށީމެވެ. އޭނާވެސް ވަޒީފާއަށް ދެއެވެ. ދެމީހުންގެ މެދުގައި ގުޅުންވެސް އޮވެއެވެ. އެއީ ގުޅުން އޮންނަތާ 3 ވަނަ އަހަރެވެ. އޭނާގެ އުފަން ދުވަހެވެ. އޮފީސް ނިމިގެން ހަދިޔާއަކަށް އަޅުގަނޑުގެ ފެންވަރުން އަގުބޮޑު ގަމީހެއް ގަނެގެން އޭނާގެ ގެއަށް ދިއައިމެވެ.  

ގެއަށް ގޮސް މަންމަމެންގެ އިޛުނައާއިއެކު ކޮޓަރިއަށް ގޮސް ތަޅުގައި ހިފައިލިއިރު ތަޅު ނުލައި ހުރުމުން ދޮރުހުޅުވީމެވެ. އެއިރު ސިޓިންގ ރޫމްގައި މަންމަމެން ބަލަން ތިއްބެވެ. ދޮރުހުޅުވައިލުމާއިއެކު ދިއައީ ސިއްސައިގެންނެވެ. ބާރަށް ދޮރުޖަހައި ރޮމުން ނުކުންނަން ހިނގައިގަތީމެވެ. މަންމަމެން ސުވާލުކުރުމުން ޖަވާބެއް ނުދެމެވެ. ގަމީސް ބާއްވާފައި ނުކުމެގެން އަންނަން ފެށުމުން މަންމަ އަޅުގަނޑު ހުއްޓުވިއެވެ.  

ވީގޮތަކާއިމެދު ސުވާލުކުރުމުން އަނގައިން ނުބުނުމުން މަންމަ ގޮސް ދޮރުހުޅުވަން ބެލިއިރު ހުރީ ތަޅުލައިފައެވެ. ތަކުރާރުކޮށް މަންމަ ސުވާލުކުރުމުންވެސް ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ. މަންމަ ގާތު އިރުކޮޅަކު އިނދެ ހަމަޖެހިލައިގެން ގެއަށް އައީއެވެ.  

ފެނުނު މަންޒަރަކީ އަޅުގަނޑުގެ ލޯބިވެރިޔާ އާއި އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ އާއި ދެމީހުން އެނދުގައި ލޯބިކުރާ މަންޒަރެވެ. އެހިސާބުން އެއީ ނުވާކަމެއް ކަމަށް ހަދައި ނިންމައިލީމެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ކައިވެނިކުރަން ދާދި ގާތްވެފައިވަނިކޮށް އޭނާގެ ޙަޤީޤަތް އެނގުނުކަން އެއީ ލެއްވެވި ރަޙަމަތެއްކަމަށް ބަލައި ޝުކުރުވެރިވީމެވެ.  

ކޮންމެއަކަސް ދީންވެރި ތަޤްވާވެރި ޒުވާނަކު އަޅުގަނޑުގެ ކައިވެންޏަށް އެދުމުން އެއިގެ 4 މަސްފަހުން އަޅުގަނޑު ކައިވެނިކުރީމެވެ. ދެމީހުން އެކުގައި ދިރިއުޅެން ފެށީމެވެ. ދާދިއެކުއެކުގައިހެން އެދެމީހުންވެސް ކައިވެނިކުރިއެވެ.  

ފަހުން އޭނާ އަޅުގަނޑު ގާތުގައި ބުނީ އެކަން އެގޮތަށް ކުރެވުނީ އަޅުގަނޑުދެކެ ލޯބިނުވާތީ ނޫންކަމަށާއި ނަމަވެސް ގައިގައި އަތްލަން އިންކާރުކުރާތީ ކަމަށެވެ. އަޅުގަނޑު ވަކި ޖަވާބެއް ނުދެމެވެ. އެއީ ބަހުސްކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުވާތީއެވެ.  

އެކައިވެނީގެ ނަތީޖާއަކީ އަހަރު ނުވަނީސް ދެމީހުން ދުރުވާން ޖެހުމެވެ. އަނބިމީހާވެސް ފިރިމީހާ ވެސް ހިލޭ މީހުންގެ ގައިގައި ބީހުމުގެ މައްސަލަތައް ކުރިމަތިވެ ޙައްލުނުކުރެވުނީއެވެ. ކޮންމެ މީހަކުވެސް ބޭނުންވީ އަނެކާ އެފަދަ ކަމެއް ނުކުރުމަށެވެ. އަނެކާ އެފަދަ ކަމެއް ކުރުމުން ރުޅިއައިސް މައްސަލަތައް ޖެހެނީއެވެ.  

އަޅުގަނޑުގެ ކައިވެންޏަށް 10 އަހަރުވީއެވެ. ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ލޯބިން އެކުވެރިކަމާއިއެކުގައެވެ. ބޭނުންވާ ލޯތްބާއި އަޅައިލުން އެކަކު އަނެކަކަށް ދީގެންނެވެ.  

ފަހަރެއްގައި އަޅުގަނޑުގެ ވިސްނުން ގޯސްކަމަށްވެސް ވެދާނެއެވެ. އެހެނަސް އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ކައިވެނީގެ ބޭރުން ގައިގައި އަތްލައި އެހެންކަންކަން ކުރާނަމަ އެމީހެއްގެ ކިބައިގައި ތެދުވެރިކަމެއް ނުހުންނާނެއެވެ. މިހެން މިބުނާ ސަބަބަކީ ﷲ އަށް ނެތް ތެދުވެރިކަމެއް އެހެން މީހަކަށް ނުހުންނާނެތީއެވެ.  

އަޅުގަނޑުގެ ވިސްނުން ޒަމާނަށް ނުފެތޭކަމަށްވެސް ވެދާނެއެވެ. އެހެންކަމާއިއެކުވެސް ކޮންމެވެސް ބައަކަށް ފައިދާއެއް ކޮށްފާނެ ކަމަށް އުންމީދުކޮށް އަޅުގަނޑުގެ ވިސްނުމާއި ތަޖުރިބާ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ.

 

- ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

                                                     

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް