އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 27 ސިކުންތު
މިރޭ މާލޭގެ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާނީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުއެވެ.
މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިމާމުވެ ނަމާދު ކުރައްވާ ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޚާއްސަ ދަރުހެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
Advertisement
23 އޭޕްރީލް 2025