އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޕަލް ވޮޗް ސެލިއުލާގެ ހިދުމަތް އުރީދޫ އިން ތައާރަފްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޕަލް ވޮޗް ސެލިއުލާގެ ހިދުމަތް އުރީދޫ އިން ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

އުރީދޫގެ ޒަމާނީ އީސިމް ޓެކްނޮލޮޖީގެ އެހީގައި އެޕަލް ވޮޗް ސެލިއުލާ ސާވިސް ތައާރަފްކޮށް، އެޕަލް ވޮޗް ސީރީޒް 10 އަދި އެޕަލް ވޮޗް އަލްޓްރާ އަށް މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ ފޯރުކޮށްދޭ އެޕަލް ވެއަރަބަލް ސާވިސް އުރީދޫ އިން ތައާރަފުކޮށްފިއެވެ.

މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ލިބޭ ފުރަތަމަ ފަހަރަށް ވާއިރު، އުރީދޫ މޯލްޑިވްސް ވެގެން ދިޔައީ އުރީދޫ ގްރޫޕްގެ ތެރެއިން މި ޒަމާނީ ފީޗާ ފޯރުކޮށްދޭ އެންމެ ތިން ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމަށެވެ.

މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުން ގުޅުމާއޮ މެސެޖް ފޮނުވުމާއި، ސީދާ އެޕަލް ވޮޗުން މިއުޒިކް ސްޓްރީމް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ދުވުމަށް ނުވަތަ އެކްސަސައިޒް ކުރުމަށް ބޭރުގައި އުޅުނަސް، ގޮނޑުދޮށުގައި ވިޔަސް، ނުވަތަ ހަމކަނޑުމަތީގައި ވިޔަސް ފޯނާއި ނުލާ ގުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިސާވިސް ތައާރަފު ކުރުމުގެ ގޮތުން އުރީދޫއިން ވަނީ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ އެޕަލް ވޮޗް ސެލިއުލާ ސާވިސް މުޅިން ހިލޭ ފޯރުކޮށްދީފަ އެވެ. މި ޕްރޮމޯޝަންގެ މުއްދަތަށްފަހު މަހަކު އެންމެ 199 ރުފިޔާއަށް މި ހިދުމަތް ލިބޭނެ އެވެ.

މި ތައާރަފްކުރުމާއެކު، ޑިޖިޓަލް އިނޮވޭޝަން އަދި ކަސްޓަމަރ ފަސްޓް ސޮލިއުޝަންތަކުގައި އުރީދޫން ދަނީ އެންމެ ކުރީސަފުގައި ހަރަކާތްތެރިވަމުންނެވެ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު