އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްރާއީލް ޕާސްޕޯޓު މަނާކުރުމުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ނުކުރާނެެ: ޓޫރިޒަމް މިނިސްޓަރ

އިސްރާއީލް ޕާސްޕޯޓު މަނާކުރުމުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއް ނުކުރާނެެ: ޓޫރިޒަމް މިނިސްޓަރ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 41 ސިކުންތު

އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެއަށް ފަތުރުވެރިން އައުން މަނާކުރަން ނިންމި ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރެއް ކުރަމުން ނުދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ސަބަބުން ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާ ފަދަ ކެމްޕޭންތަކެއް ކުރިއަށް ނުދާ ކަމަށެވެ. އޭގެ ބަދަލުގައި ގިނަ ބަޔަކު އަންނަނީ މި ނިންމުމަށް ތާއީދުކޮށް ތައުރީފު ކުރަމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އިމިގްރޭޝަނުގެ ގާނޫނަށް މި އިސްލާހު ގެނެސްފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހު ތަސްދީގު ކުރެއްވިއެވެ.ހާމަކުރެއްވިއެވެ. އިސްރާއީލްގެ ޕާސްޕޯޓު ބޭންކުރިކަން އަންގައި އެ ދުވަހު އިމިގްރޭޝަނުން ވެސް ޓްރެވެލް އެޑްވައިޒަރީއެއް ނެރުނު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ތޯރިގް އިތުރަށް ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކާއި މައުލޫމާތުތައް ގަވާއިދުން ބަލަމުންދާ ކަމަށާއި މިހާތަނަށް ފެންނަ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއަށް މި ނިންމުމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވަމުންދާ ކަމަށާއި، ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 11.5 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް މިނިސްޓަރު ތޯރިގް ފާހަގަކުރެއްވިއެވެ.

"މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ސަރުކާރުން ނިންމި ނިންމުމެއް. މިކަމުގައި ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބެމުންދޭ. އަދި ބައިނަލްއަޤްވާމީ މުޖުތަމައުގެ ތެރެއިން ވެސް ގިނަ ބަޔަކު މި ނިންމުމަށް ތާއީދުކުރޭ،" ތޯރިގް ވިދާޅުވިއެވެ. 

މި ނިންމުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ސަރުކާރުން ނިންމި ނިންމުމެއް ކަމަށާއި، މިކަމުގައި ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބެމުންދާ ކަމަށްވެސް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ. މީގެ އިތުރުން، އެހެން ގައުމެއްގެ ޑުއަލް ސިޓިޒަނެއް ނަމަވެސް އެއީ އިސްރާއީލުގެ މީހެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެންޏާ އެ މީހަކު ރާއްޖެ ނުވައްދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު