އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވި ނަމަވެސް ކިޔައިފި ނަމަ އެމީހަކަށް މާތް ﷲ އެއަށް ވުރެ ރަގަޅު ގޮތެއް މެދުވެރިކޮށްދެއްވަވާނެ ޛިކުރެއް! ޙަދީޘުން

ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިވި ނަމަވެސް ކިޔައިފި ނަމަ އެމީހަކަށް މާތް ﷲ އެއަށް ވުރެ ރަގަޅު ގޮތެއް މެދުވެރިކޮށްދެއްވަވާނެ ޛިކުރެއް! ޙަދީޘުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

މުޞީބާތެއް ނުވަތަ ބޮޑުކަމެއް ކުރިމަތިވުމުން ކުރާނެ ދުޢާއަކަށް ބައަކު އެދެއެވެ. އެހެންކަމުން މިގެނެސްދެނީ އެކަމަށް ފެންނަން އޮތް އެންމެ މަތިވެރި ޛިކުރެކެވެ. އިން ޝާ ﷲ.  

މުޞީބާތެއް މެދުވެރިވާ ހިނދުގައި: 

إِنّا للهِ وَإِنَا إِلَـيْهِ راجِعـون ، اللهُـمِّ اْجُـرْني في مُصـيبَتي، وَاخْلُـفْ لي خَيْـراً مِنْـها 

މާނައަކީ: "ހަމަކަށަވަރުން އަހަރުމެންވަނީ ﷲ އަށެވެ. އަދި އަހަރުމެން އެނބުރިދިއުންވެސް ވަނީ ﷲ ގެ ޙަޟްރަތަށެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް މެދުވެރިވި މުޞީބާތުން މިއަޅާ ސަލާމަތް ކުރައްވާފާންދޭވެ. އަދި މިޔަށްވުރެ ހެޔޮ ރަގަޅު ކަމެއް މިއަޅާ އަށް ދެއްވާ ފާންދޭވެ"، 

އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވި އަޑު ތިމަން ކަމަނާ އެއްސެވީމެވެ. "މުސްލިމަކަށް މުޞީބާތެއް މެދުވެރިވާ ހިނދުގައި"إنا لله وإنا إليه راجعون اللهم أجرني في مصيبتي وأخلف لي خيراً منها" މިފަދައިން ކިޔައިފި ނަމަ މާތް ﷲ އެއަށް ވުރެ ރަގަޅު ގޮތެއް އެމީހަކަށް މެދުވެރިކޮށްދެއްވަތެވެ. 

އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ.: 

އަބޫސަލަމާ- ރަޟިޔަﷲ ޢަންހު- އަވަހާރަވީ ހިނދުގައި ތިމަންކަމަނާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އެޚަބަރު ދިނީމެވެ. އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ކަމަނާ ވިދާޅުވާށެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ތިމަންނާގެ ފާފައާއި އޭނާގެ ފާފަ ފުއްސަވާދެއްވާފާންދޭވެ. އަދި އޭނާ އަށް ވުރެ ހެޔޮމީހަކު ދެއްވާފާންދޭވެ". އުންމު ސަލަމާ- ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. މާތް ﷲ ތިމަން ކަމަނާ އަށް އެޔަށްވުރެ ހެޔޮގޮތް މެދުވެރިކޮށްދެއްވިއެވެ. މާތް ﷲ ތިމަންކަމަނާ އަށް މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެއްވިއެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް