އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައަށް ބިރުވެތިވާން ބޭނުން މީހުންނަށް ޚާއްޞަ!: ތިބާ މަރުވުމުން ތިބާގެ އެންމެ ލޯބިވާ، އެންމެ ގާތް މީހުން ތިބާގެ މަތިން ހަނދާންކުރާނީ ކިތައް ދުވަހުތަ؟: ޝައިޚް މުޙައްމަދު ބާޖައުރު

ނަރަކައަށް ބިރުވެތިވާން ބޭނުން މީހުންނަށް ޚާއްޞަ!: ތިބާ މަރުވުމުން ތިބާގެ އެންމެ ލޯބިވާ، އެންމެ ގާތް މީހުން ތިބާގެ މަތިން ހަނދާންކުރާނީ ކިތައް ދުވަހުތަ؟: ޝައިޚް މުޙައްމަދު ބާޖައުރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ކޮންމެ މީހަކީވެސް މަރުވާނެ މީހަކުކަން އެބަ ޤަބޫލުކުރަމުއެވެ. އެއީ އެންމެންނަށްވެސް ޔަޤީން ކަމެކެވެ. ހަމައެކަނި ޔަޤީން ނުކުރެވެނީ ނުވަތަ ނުއެނގެނީ މަރުވާނެ ދުވަހަކާއި ވަޤުތެވެ. މަރުވާނެ ދުވަހަކާއި ވަޤުތު ނުއެނގުނަސް އެނގޭ ކަމެއް އެބަ އޮތެވެ. އެއީ ދުނިޔޭގައި އުޅެން ލިބޭނީ ދާދި މަދު ދުވަސްކޮޅެއް ކަމެވެ.  

ދުނިޔޭގައި ހޭދަކުރަން މިލިބޭ މަދު ވަޤުތުކޮޅު، އެމީހެއްގެ އާޚިރަތަށް ފައިދާ ނުކުރާނެ ގޮތަށް ހޭދަކުރެވޭ، އެހެން މީހުންނާއިއެކު މަޖާކޮށް އުޅޭ މީހުންނާއި ކޮށްލަން ބޭނުންވާ ސުވާލަކީ ތިބާ މަރުވުމުން ތިބާގެ އެންމެ ލޯބިވާ، އެންމެ ގާތް މީހުން ތިބާގެ މަތިން ހަނދާންކުރާނީ ކިތައް ދުވަހުތޯއެވެ؟  

މިސުވާލުގެ ޖަވާބު ހޯދަން މީސްމީހުންނާއި ސުވާލުކުރުމުގެ ބޭނުމެއް ނެތެވެ. ތިމާގެ އަމިއްލަ ނަފްސާނިކަން މިސުވާލުކޮށްބަލާށެވެ! "ތިމާ އެންމެ ލޯބިވާ މިވެނި އެވެނި މީހާ މަރުވީމާ އެކަމަކީ ބޮޑުކަމެއްގެ ގޮތުގައި ތިމާގެ ހިތުގައި އޮތީ ކިތައް ދުވަހު ހެއްޔެވެ؟ އެމީހުންގެ މަތިން ތިމާ ހަނދާންކުރީ ކިތައް ދުވަސްވަންދެން ހެއްޔެވެ؟"  

މިދެ ސުވާލަށް ތިމާގެ އަމިއްލަ ންފްސްދޭ ޖަވާބުން ފުދޭނެއެވެ. އެހެން މީހުން ތިބާގެ މަތިން ހަނދާންކުރާނެ މުއްދަތު އެނގޭނެއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ހެޔޮ ޢަމަލެއްކޮށް ސުވަރުގެ ލިބިގަންނަން ނުވަތަ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމުގެ ބަދަލުގައި ގިނަ ވަޤުތުތައް ގިނަބައަކު ހޭދަކުރަނީ އެކުވެރިންނާއިއެކުގައެވެ. ލޯބިވެގެން އުޅޭ މީހުންނާއިއެކުގައެވެ. އެއީ އެކަމުން ކޮން ފައިދާއެއް ކުރާނެތީ ހެއްޔެވެ؟ އެންމެ ކުޑަމިނުން ތިބާ މަރުވުމުން ތިބާގެ މަތިން ހަދާންކޮށް ހެޔޮދުޢާކޮށްދޭނީވެސް ވަރަށް މަދު މީހެކެވެ.  

މީސްތަކުންނޭވެ! އެކުވެރިންނާއިއެކުވެސް އަދި ކިތަންމެ ބޮޑަށް ލޯބިވާ މީހުންނާއިއެކުގައިވެސް ވަޤުތުތައް ހޭދަކުރަންވީ ތިމާގެ އާޚިރަތަށް ފައިޑާކުރާނެ ކަންކަމުގައެވެ. އުފާކޮށް މަޖާކުރާކަށް ނޫނެވެ. ބޭކާރު އަނގަތަޅާކަށް ނޫނެވެ. ނަރަކައިން ސަލާމަތްވެވޭނީވެސް އަދި ސުވަރުގެ ލިބެން އޮތީވެސް މިކަންކަމަށް ސަމާލުކަން ދީގެންނެވެ.

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް