އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުށެއް ނެތި ވަރިކޮށް އެއްލައިލީމާ 2 ވަނަ ކައިވެނިކުރާފަހުން ފަހަތުން ދުވިޔަސް މިހާރު ހުރި ފަޤީރު ފިރިމީހާ ދޫކޮށްލައި ތަނަވަސްކަމުގެ ބޭނުމުގަ ގުޅެން ހެޔޮނުވާނެ!

ކުށެއް ނެތި ވަރިކޮށް އެއްލައިލީމާ 2 ވަނަ ކައިވެނިކުރާފަހުން ފަހަތުން ދުވިޔަސް މިހާރު ހުރި ފަޤީރު ފިރިމީހާ ދޫކޮށްލައި ތަނަވަސްކަމުގެ ބޭނުމުގަ ގުޅެން ހެޔޮނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

އަޅުގަނޑު ކައިވެނިކުރީ ޢުމުރުން 22 އަހަރުގައެވެ. އޭނާއަކީ ފިދިގެން އުޅޭ މީހެކެވެ. އަޅުގަނދަކީ ފަޤީރެކެވެ. ކައިވެންޏަށް އަހަރު ނުވަނީސް ވަރިކޮށްލުމުން ދެވަނަ ކައިވެނިކޮށްފީމެވެ. ދަރިއަކުވެސް ލިބިއްޖެއެވެ. ދަރިފުޅަށް މިހާރު 3 އަހަރެވެ.  

ކުރީގެ ފިރިމީހާ މިހާރު އެބަ އުނދަގޫކުރެއެވެ. އޭނާ ވަނީ އިތުރު (އަޅުގަނޑުގެ ފަހުން) 2 ކައިވެނިކޮށް އެ 2 ކައިވެނިވެސް ރޫޅިފައެވެ. ބުނަނީ އަޅުގަނޑުމަތިން ހަނދާން ނައްތައި ނުލެވުނު ކަމަށާއި އަޅުގަނޑާއި ކައިވެނިކުރަން ބޭނުންކަމަށާއި ދަރިފުޅުވެސް ބަލައިދޭނެ ކަމަށެވެ.  

އަޅުގަނޑު ކުރީގެ ފިރިމީހާ ދެކެ މިހާރުވެސް ލޯބިވެއެވެ. އެކަމަކު އޭނާ އަޅުގަނޑާއިމެދު ކަންތައް ކުރި ގޮތުން އިތުބާރެއް ނުކުރެވެއެވެ. މިހާރުގެ ފިރިމީހާއަކީ ވަރަށް ހަރުދަނާ މީހެކެވެ. އަބަދުވެސް ގޮތުގައި ހުންނަ އިތުބާރު ކުރެވޭ މީހެކެވެ. އަދި އޭނާއަކީ ދަރިފުޅުގެ ބައްޕަކަމަށްވުމުންވެސް އިތުރަށް ވިސްނަން ޖެހެއެވެ.  

މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟  

މިހާރުގެ ފިރިމީހާއަކީ ވަފާތެރި ހަރުދަނާ މީހެކެވެ. އެފަދަ ފިރިއަކު ލިބި އަދި އޭނާއަށް ދަރިއަކު ލިބިފައިވަނިކޮށް އަލަތު ފިރިމީހާވެފަ އޭނާ ދެކެ ލޯބިވެވޭތީ މިހާރުގެ ފިރިމީހާ އާއި ވަކިވަން ހެޔޮނުވާނެއެވެ. އޭނާ ކުރިންދިން އަނިޔާގެ މަތިން ގިނަގިނައިން ހަނދާންކުރާށެވެ. އަދި މިހާރުގެ ފިރިމީހާގެ ރަނގަޅުކަންވެސް ގިނަގިނައިން ހަނދާންކުރާށެވެ! އަދި މިހާރުގެ ފިރިމީހާގެ ދެކެވާލޯބި އިތުރުކޮށްދެއްވެވުން އެދިގެން ދުޢާކުރާށެވެ! އެއިރުން މިހާރުގެ ފިރިމީހާ ދެކެ ވާލޯބި ބޮޑުތަނުން އިތުރުވެދާނެއެވެ. އިން ޝާ ﷲ  

ތިއައީ ހަމަ ވަރަށް ގިނައިން ކުރިމަތިވާ މައްސަލައެކެވެ. ތިރީގައި އެވަނީވެސް ހަމަ ތިއަފަދަ ގޮތެއް މެދުވެރިވި އަންހެނެއްގެ ވާހަކައެވެ.   

"އަޅުގަނޑަށް ފުރަތަމަ ކައިވެނިކުރެވުނީ ތަނަވަސް މީހަކާއިއެވެ. އަޅުގަނޑު އޭނާގެ ފަހަތުން ދުވެގެނެއް ނޫނެވެ. އޭނާ އެކަމަށް ބޭނުންވެ އެތައް ފަހަރަކު އެދުމުންނެވެ.  

ކައިވެނީގައި ނުހަނު އުފަލުގައި ދިރިއުޅެމުން ދަނިކޮށް ފިރިމީހާ އެހެން އަންހެނަކާ ހިތާވެ ވަރަށް ނިކަމެތިކޮށް ކަންކަން ކުރުމަށްފަހު އަޅުގަނޑު ވަރިކޮށް ރަށަށް ފޮނުވާލުމުން މިހާރު ދިރިއުޅެމުން މިއަންނަނީ ރަށުގައެވެ. ރަށުގެ އެންމެ ފަޤީރު މީހުންގެ ތެރެއިން މީހަކާއި ގުޅި ކައިވެނިކޮށްގެންނެވެ.  

އަޅުގަނޑުގެ ފަހުން ފިރިމީހާ 2 ކައިވެނިކުރިއެވެ. 2 ކައިވެނީގައިވެސް އޭނާއަށް ބޮވުނީ ޒަހަރެވެ. ވަރިކޮށް ރަށަށް ފޮނުވައިލިތާ 5 އަހަރުފަހުން މިހާރު މިރަށަށް އައިސް އަޅުގަނޑަށް އުނދަގޫކުރަނީއެވެ. ދަރިފުޅު ދެކެން ކަމަށް ހެދިގެން އިރުއިރުކޮޅާ ގެއަށްވެސް އަންނަނީއެވެ. އަންނަނީ ދަރިފުޅަށް އަގުބޮޑުި އެއްޗެތިވެސް ގަނެގެންނެވެ.  

އަޅުގަނޑުގެ މިހާރުގެ ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. އޭނާ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ކުރީގެ ފިރިމީހާ އެއުޅޭ ގޮތުން މައްސަލަ ޖެހިދާނެތީ ވަރަށް ބިރުގަނެއެވެ. އޭނާ އުޅެނީ އޭނާގެ ތަނަވަސްކަމުގެ ބޭނުންކޮށްގެން ޒުވާނުންގެ ގްރޫޕެއްވެސް އަތުއަޅުވާލައިގެންނެވެ. ވީމާ މިޙާލަތުގައި އަޅުގަނޑުގެ ދިރިއުޅުން ސަލާމަތްކުރަން ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟"  

ކިޔުންތެރިޔާ ގާތުގައި ފުރަތަމަވެސް ބުނެލަން ބޭނުންވަނީ ނަމަނަމަ މިހާރުގެ ފިރިމީހާގެ ހިތުގައި ޖެހޭނެ ފަދަ ކަމެއް ނުކުރާށެވެ. ބަލަންވީ ތަނަވަސް ކަމަކަށް ނޫނެވެ. އިޚްލާޞްތެރިކަމަށެވެ. މާދަމާވެސް ތަނަވަސްކަން އިތުރުކޮށްދެއްވެވުމަށް ކުޅަދުންވަންތައެވެ.  

ކޮންމެ މީހަކަށްވެސް ކޮންމެ ފަދަ ވައްކަމެއްވެސް ކުރެވިދާނެއެވެ. ކިތަންމެ ބޮޑު މަކަރެއް ވެސް ހެދިދާނެއެވެ. އަނެކާއަށް ކިތަންމެ ބޮޑު ގެއްލުމެއްވެސް ދެވިދާނެއެވެ. ނަމަވެސް އެއްވެސް މީހަކަށް ދެރައެއް، ހިތާމައެއް ދިނުމަށްފަހު އަބަދު ދުނިޔޭގައި އުފަލުގައި އުޅެވިދާނެކަމަށް ހީނުކުރާށެވެ!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް