އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 4 ސިކުންތު
އިބުނުލްޤައްޔިމު (رحمه الله) ވިދާލުވެފައި ވެއެވެ. "މީހަކު ސުވަރުގޭގެ ބަގީޗާއެއްގައި އިންނާން ބޭނުން ނަމަ މާތް ﷲ ޖަނދުމަކުރުމުގެ މަޖިލިހެއްގައި އިށީންނަހުށިކަމެވެ. ފަހެ އެއީ ސުވަރުގޭގެ ބަގީޗާއެކެވެ." މާތް ﷲ ހަނދުމަކުރެވޭ މަޖިލިސްތަކަކީ މަލާއިކަތުން ވަޑައިގަންނަވާ މަޖިލިސްތަކެކެވެ. އޭގެ ބަދަލުގައި ޣާފިލުވުމާއި ބޭކާރު ވާހަކަ ދައްކާ މަޖިލިސްތަކަކީ ޝައިޠާނުން ޙާޟިރުވާ މަޖިލިސްތަކެކެވެ. މި ދެބާވަތުގެ މަޖިލިސްތަކުން ކުރެ އެ މީހަކު އެދޭ މަޖިލިހެއް އިޚްތިޔާރުކުރާންވީއެވެ." ކީރިތި ރަސޫލާ صَلَّي اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވައިފައި ވެއެވެ.
(لَا يَقْعُدُ قَوْمٌ يَذْكُرُونَ اللَّهَ عَزَّ وَجَلَّ إِلَّا حَفَّتْهُمُ المَلَائِكَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَنَزَلَتْ عليهمِ السَّكِينَةُ، وَذَكَرَهُمُ اللَّهُ فِيمَن عِنْدَهُ.)[1]
މާނައީ: "ބަޔަކުމީހުން ﷲ ހަނދުމަކުރުމުގައި މަޖިލީހެއް ކޮށްފިނަމަ، މަލާއިކަތުން އެބައިމީހުން ވަށައިލައްވާނެތެވެ. ރަޙްމަތް އެ މީހުން ވަށާއިލާނެއެވެ. އެ މީހުންގެ މައްޗަށް ހަމަހިމޭންކަން ބާވައިލައްވާނެތެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައިވާ ބައެއްގެ ގާތުގައި އެ މީހުންގެ ވާހަކަ ވަޙީކުރައްވާނެތެވެ."
މާތް ﷲ ރުއްސުން ލެއްވި މުޢާޛު ބުނު ޖަބަލު ވިދާޅުވެފައި ވެއެވެ. "ތިޔަބައިމީހުން ޢިލްމު އުނގެނޭށެވެ. އެހެނީ ޢިލްމު އުނގެނުމަކީ ހެޔޮކަމެކެވެ. އެކަމަށް އެދުމަކީ އަޅުކަމެކެވެ. ޢިލްމު މުރާޖަޢާކުރުމަކީ ތަސްބީހައެކެވެ. ޢިލްމު ހޯދާން މަސައްކަތް ކުރުމަކީ ޖިހާދެކެވެ. އަހުލުވެރީންގެ މައްޗަށް ޢިލްމުން ހޭދަކުރުމަކީ ކުއްތަންވުމެކެވެ. ނުދަންނަ މީހަކަށް ޢިލްމު އުގަނަންނައިދިނުމަކީ ޞަދަޤާތެކެވެ."
- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު
- އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން
Advertisement
28 އޭޕްރީލް 2025