އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީއެމްއެލްއިން މަސްވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމާއެކު ދައުލަތް ދަންނަ ބަޔަކަށް މަސްވެރިންނަކީ ވެގެންދާނެ: ވަޒީރު

ބީއެމްއެލްއިން މަސްވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމާއެކު ދައުލަތް ދަންނަ ބަޔަކަށް މަސްވެރިންނަކީ ވެގެންދާނެ: ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވެއެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ވެގެންދާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވިގޮތުގައި، ޤައުމީ ދަފުތަރެއްގެ އެންމެ މުހިންމު އެއް މަޤްޞަދަކީ މަސްވެރިންނަށް މާލީ ވަސީލަތްތަކުގެ ފައިދާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމެވެ. އަދި މަސްވެރިކަމަކީ ރާއްޖޭގައި ރަސްމީކޮށް ބަލައިގަންނަ ވަޒީފާއަކަށް ހެދުމެވެ.

"މި އަމާޒަށް ވާސިލުވުމަށްޓަކައި އަޅުގަނޑުމެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ދަޢުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުމަށް ވެގެންދާނީ ހަމަޔަގީނުންވެސް ދައުލަތުގެ މިފަދަ މުއައްސަސާތަކުން ދިވެހިރާއްޖޭގެ އެހެން އޮފީސްތަކާއި ކުންފުނިތަކާއި، އަދި ސިވިލް ސަރވިސްގައިވެސް މަސައްކަތްކުރައްވާ ބޭފުޅުންނަށް އެ ލިބިވަޑައިގަންނަވާ އިނާޔަތްތައް ނުވަތަ ލުއިފަސޭހަ ގޮތްތައް މަސްވެރިންނަށް ލިބިގެންދިއުން," ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރެއް އިފްތިތާހުކޮށްފައެވެ. މިއީ މުއައްސަސާތަކާއި، ބޭންކުތަކުންނާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ލިބިދޭ މާލީ އެހީތެރިކަން ނިޒާމީގޮތެއްގައި މަސްވެރިންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ މުހިންމު ބައެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު