އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަންސާހަށްވުރެ ގިނަ މަޝްރޫޢަށް އިންވެސްޓުކުރުމުގެ ފުރުޞަތު ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި

ފަންސާހަށްވުރެ ގިނަ މަޝްރޫޢަށް އިންވެސްޓުކުރުމުގެ ފުރުޞަތު ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މެލޭޝިއާ ބިޒްނަސް ފޯރަމްގެ ތެރެއިން ރާއްޖޭގެ 52 މަޝްރޫޢަކަށް އިންވެސްޓުކުރުމުގެ ފުރުޞަތު ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފިއެވެ. މި ފޯރަމަކީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށް ހާމަކޮށްދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ފޯރަމްތަކުގެ ތެރެއިން ބޭއްވުނު ފޯރަމެކެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރުގައި ބޭއްވުނު މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގައި ހިމެނޭ ބިޔަ މަޝްރޫޢުތަކަށް އިންވެސްޓުކުރުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. މި ފޯރަމްގައި މެލޭޝިއާގެ ގިނަ އަދަދެއްގެ އިންވެސްޓަރުންނާއި ވިޔަފާރިވެރިން ބައިވެރިވިއެވެ.

އިންވެސްޓަރުންނަށް ހުޅުވާލާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ޞިއްޙީ ދާއިރާ، މަތީތަޢުލީމު، ކުޅިވަރު، އެއަރޕޯޓުތައް ތަރައްޤީކުރުން، ފަތުރުވެރިކަން، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްޤީކުރުން ހިމެނެއެވެ. މީގެއިތުރުން ހަކަތައިގެ ދާއިރާއާއި، ކްރިއޭޓިވް އިކޮނޮމީ، ބޭންކިންގ އެންޑް ފައިނޭންސް އަދި އައިސީޓީ ދާއިރާވެސް ހިމެނެއެވެ.

އިންވެސްޓްމަންޓަށް ހުޅުވާލާފައިވާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢާއި، ގުޅިފަޅު ހިއްކުމާއި ހިމާޔަތްކުރުމުގެ މަޝްރޫޢު، އެސްއެމްއީ އަދި އެސްއޯއީ އޮފީސް ބިލްޑިންގ، ދަރުބާރުގެ ކޮންވެންޝަން ސެންޓަރ ތަރައްޤީކުރުމުގެ މަޝްރޫޢު އަދި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ. އަދި މީގެ އިތުރުން ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި، ނަފްސާނީ ސިއްޙަތުގެ ދާއިރާ ފުޅާކުރުމާއި ފާމަސޫޓިކަލްގެ ދާއިރާގެ މަޝްރޫޢުތައްވެސް ހިމެނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު