އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައި މަސައްކަތްކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރާނަން: ވަޒީރު އިޙްސާން

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައި މަސައްކަތްކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރާނަން: ވަޒީރު އިޙްސާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައި މަސައްކަތްކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރިސޯޓުތަކުގައި ހިމެނޭ ވަރަށް ގިނަ ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ދާއިރާތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. އަދި މިކަން މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިއަހަރު ވަރަށް ބޮޑު ފޯކަސްއެއް ކުރާނަން ދިވެހިންނަށް ހާއްސަ ދާއިރާތަކުގައި މަސައްކަތްކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރުމާއި އަދި ބިދޭސީންނަށް ވަޒީފާދޭއިރު، މަސައްކަތް ދެވިގެންދާ ހާލަތުގައި އެމީހުން ތިބީ ގާނޫނީ އިމުގެތެރޭގައިތޯ ޔަޤީންކުރާނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ އެކަމޮޑޭޝަން ފެސިލިޓީތައް ރާއްޖޭގައި ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް މުހިއްމު ފިޔަވަޅެއްކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ވިދާޅުވީ ބިދޭސީން ޤާނޫނާ ޤަވާއިދުގެ ތެރެއަށް ގެނައުމަށް މިދިޔަ އަހަރުން ފެށިގެން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އެމަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެއްލައްކަ ފަންސާސް ހާސް ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާކަން ފާހަގަކުރައްވާ ވަޒީރު އިހްސާން ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށެވެ. އަދި 3 ވަނަ ފިޔަވަހީގައި މަޢުލޫމާތުތައް ހޯދާފައިވާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް މަގު ފަހިކޮށްދެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މަސައްކަތްތެރިންނަށް ވޯކް ޕާމިޓް ހޯދުމަށާއި ސައިޓް ރަޖިސްޓްރީ ކުރުމަށް މިހާރު ކުރިމަތިވެފައިވާ ދަތިތައް ވަރަށް ބޮޑަށް ފަސޭހަ ކުރާނެކަމަށް ވިދާޅުވިއެވެ.

ބިދޭސީންނަށް ވަޒީފާ ދިނުމަށްފަހު އިހްމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ފަށާނެކަން ފާހަގަކުރައްވާ ވަޒީރު އިހްސާން ވިދާޅުވީ މިހާތަނަށް ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެކަމަށެވެ. ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމުގެ ފުރުޞަތު މިދިޔަމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު