އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ފެނުނު ނުރައްކާތެރި ބެކްޓީރިއާ ފެތުރުން ކޮންޓްރޯލްކޮށްފި

އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ފެނުނު ނުރައްކާތެރި ބެކްޓީރިއާ ފެތުރުން ކޮންޓްރޯލްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ) އިން ފެނުނު ނުރައްކާތެރި ބެކްޓީރިއާ ފެތުރުން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. މިކަން މިއަދު ވަނީ އެ ހޮސްޕިޓަލުން ހާމަކޮށްފައެވެ.

އައިޖީއެމްއެޗުން ދެއްވި މައުލޫމާތުގައިވާ ގޮތުން، އެންއައިސީޔޫގައި ފަރުވާ ހޯދަމުންދާ ނާޒުކު ހާލަތުގައި ތިބި މަދު ކުދިންތަކެއްގެ ކިބައިން މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ނަމަކަށް ކިޔާ، ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ފެނިފައިވެއެވެ.

މި ބެކްޓީރިއާއަކީ ކްރިޓިކަލް ކެއާ ދޭ ތަންތަނުގައި، ޚާއްސަކޮށް ނާޒުކު ހާލަތުގައިވާ ބަލިމީހުންގެ މެދުގައި ފެތުރުން އެކަށީގެންވާ ބާވަތެއްގެ ބެކްޓީރިއާއެއް ކަމަށް ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، މިހާރު މި ބެކްޓީރިއާ ފެތުރުން ވަނީ ކޮންޓްރޯލްކުރެވި، އިތުރަށް ފެތުރިފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލުން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ބަލިމީހުންނާއި ސިއްހީ މާހިރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އިތުރު ރައްކާތެރި ފިޔަވަޅުތައް އަޅަމުންދާކަންވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު