އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސައްކަތްތެރިން ނަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީޢަށް މުހިންމު މަސައްކަތްތަކެއް ކުރާ ބާއެއް: ވަޒީރު ޠާރިޤު

ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސައްކަތްތެރިން ނަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީޢަށް މުހިންމު މަސައްކަތްތަކެއް ކުރާ ބާއެއް: ވަޒީރު ޠާރިޤު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

ފަތުރުވެރިކަމުގެ ސިނާޢަތުގެ މަސައްކަތްތެރިންނަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މުހިންމު މަސައްކަތްތަކެއް ކުރާ ބައެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަޔާނެއްގައި ވަޒީރު މިފަދައިން ވިދާޅުވިއެވެ. އަދި ދުވަހުގެ ތަހުނިޔާ ހުރިހާ މަސައްކަތްތެރިންނަށް އަރިސްކުރެއްވިއެވެ. ވަޒީރުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެއްވިއެވެ.

"ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަކޮށް އެކަށީގެންވާ ވަރަށް ތަމްރީނުކުރުމަކީ އެއީ ކުރާ ކަމެއް. ޒުވާނުންނަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެއް،" ވަޒީރު ޠާރިޤު ވިދާޅުވިއެވެ.

ދިވެހި މަސައްކަތްތެރިން ކުރަމުންދާ މަސައްކަތް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެ ފަރާތްތަކުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބަލައިގަންނަ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ޒުވާނުން މި ދާއިރާއަށް ނެރެ މަތީ ފަންތީގައި ހަރަކާތްތެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ހުނަރުތައް ތަރައްޤީކުރުމަށް ޚާއްސަ އިސްކަމެއް ދެމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު