އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދާ "ލިވް އަންލިމިޓެޑް" ކެމްޕެއިންގެ ދަށުން ބާއްވާ، ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފިއެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް ވެފައިވަނީ އަހުމަދު ސައްދާމްއެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު 18 އުމްރާ ދަތުރުގެ ނަސީބުވެރިންނަށް ވުމުގެ ފުރުސަތު އުރީދޫ ކަސްޓަމަރުންނަށް އެބައޮތެވެ. އަދި މި ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމުގެ ގޮތުގައި ދެ މީހުންގެ ހައްޖު ދަތުރެއް ހިމެނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަން ޖެހެއެވެ. އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް-އޮން އެއް ބޭނުންކުރަން ޖެހޭނެއެވެ.
އުރީދޫއިން ބުނީ މި ކެމްޕޭނަކީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕޭނެއް ކަމަށެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://ore.do/liveunlimited އިން ލިބޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދީފައިވެއެވެ.
Advertisement
2 މެއި 2025