އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯގެ ޖުމްލަ އާމްދަނީ 15.4 ބިލިޔަން ރުފިޔާއަށް!

އެސްޓީއޯގެ ޖުމްލަ އާމްދަނީ 15.4 ބިލިޔަން ރުފިޔާއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ 2024 ވަނަ އަހަރުގެ ޖުމްލަ އާމްދަނީ 15.4 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 6 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގަށް ގެނެވުނު ހެޔޮ ބަދަލުތަކެވެ. މިގޮތުން ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާ ގުޅިގެން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ.

އާމްދަނީ ދަށްވުމާއެކު 2024 ވަނަ އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.4 ބިލިޔަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ. އަދި ހިންގުމުގެ ހަރަދުތައް 8 އިންސައްތައިން ދަށްވެފައިވީ ނަމަވެސް، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިޔަން ރުފިޔާއެވެ.

އެސްޓީއޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ކުންފުނީގެ ސާފު ފައިދާއަކީ 846 މިލިޔަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 15 އިންސައްތައިގެ ދަށްވުމެކެވެ. ކުންފުނިން ބުނާ ގޮތުގައި މި ދަށްވުން އައިސްފައިވަނީ ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާ ގުޅިގެން ޖުމްލަ ފައިދާ ދަށްވުމުގެ ސަބަބުންނެވެ.

އެސްޓީއޯގެ 2024 ވަނަ އަހަރުގެ ޓެކުހަށް ކެނޑުމަށްފަހު ލިބުނު ސާފު ފައިދާއަކީ 741 މިލިޔަން ރުފިޔާއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު