އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިމާއަކީ ﷲ ތަޢާލާގެ ޢަޛާބު ޙައްޤު މީހަކަށްވެއްޖެނަމަ އެއީ ކިހާވަރެއްގެކަމެއްކަން އިޙްޞާޞްކޮށްލެވޭތޯ ނިކަން މިކަން ހިތްމައްޗަށް ގެނެސްބަލާށެވެ!

ތިމާއަކީ ﷲ ތަޢާލާގެ ޢަޛާބު ޙައްޤު މީހަކަށްވެއްޖެނަމަ އެއީ ކިހާވަރެއްގެކަމެއްކަން އިޙްޞާޞްކޮށްލެވޭތޯ ނިކަން މިކަން ހިތްމައްޗަށް ގެނެސްބަލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ﷲ ތައާލާގެ ޢަޛާބެވެ. ބުނުމުން ބިރުވެތިނުވެވޭ މީހުން މިކަންކަމަށް ވިސްނައިލާށެވެ! ދުވަހަކުވެސް ނިމުމެއް ނެތި ޢަޛާބް ލިބޭނެ މީހަކަށްވެއްޖެނަމަ ދެން ކަންތައްތަވެގެންދާނެ ގޮތާއިމެދުގައެވެ.

ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. މީހެއްގެ ގިނަވަނެއްގައި އަލިފާންޖެހި ފިހުނީއެވެ. އެވަޤުތު ވަރަށް ދިލަވެސް ނަގާނެއެވެ. ފާރުވެސް ވެދާނެއެވެ. ނަމަވެސް ބޭސްފަރުވާކުރުމުން ފަސޭހަވާ ހިސާބުން އެކަންމަތީން ހަނދާންނެތިގެންދެއެވެ. އެކަމަކު މީހެއްގެ ގައިން ނުވަތަ ގުނަވަނަކުން އަބަދު ދިލަނަގާނަމަ، އެތަނެއް އަބަދު އޮންނަނީ ފާރުވެފައިނަމަ، އެޙާލުގައި މުޅި ޢުމުރު ހޭދަކުރަންޖެހޭނަމަ އޭނާގެ ޙާލަކީ ކޮބައިހެއްޔެވެ؟

ދެން ވިސްނައިލާށެވެ!

ﷲ ތަޢާލާ ޢަޛާބް ދެއްވަވާނީ ޢަޛާބް ޙައްޤުވާ ބައަކަށެވެ. ތިމާއަކީ އެފަދަ މީހަކަށް ވެދާނެކަމަށް މުސްލިމުން ތިބެންޖެހޭނީ ބިރުންނެވެ. އަދި މުސްލިމުންނަށް އޮތް އެންމެ ބޮޑު ބިރަކީވެސް ހަމަ އެއީއެވެ. އެހެންކަމުން ޢަޛާބު ޙައްޤުވާ މީހުންނަށް ﷲ ތަޢާލާ ދެއްވަވާނެ އެންމެ ގަދަފަދަ ޢަޛާބާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ.

ފުރަތަމަ މިކަމަށް ވިސްނައިލާށެވެ!

އަހަރެމެން މީހަކަށް ކިތަންމެ ބޮޑު އަނިޔާއެއް ދޭން މަސައްކަތްކުރިނަމަވެސް އަނިޔާކުރެވޭނީ ވަކިވަރަކަށެވެ. ވަކިވަރަކަށް އަނިޔާކުރެވުމުން އެމީހާ މަރުވާނެއެވެ. އެހިސާބުން ދެން ކުރެވޭނެ އިތުރު އަނިޔާއެއް ނުއޮންނާނެއެވެ!

ރަސޫލް ﷺ ދީނަށް ގޮވާލެއްވެވުމުން އިސްލާމްވި މީހުންނަށް ނުކުރަނީ ކޮން އަނިޔާއެއް ހެއްޔެވެ؟ އަނިޔާ ލިބެމުން ގޮސް ކިތައް ޞަޙާބީން އަވަހާރަވިހެއްޔެވެ؟ އަދި މިއަދުވެސް އަނިޔާކުރުމުން މަރުވެގެން އެދަނީ ކިތައް މީހުންހެއްޔެވެ؟ އެއްވެސް މީހަކު މަރުވުމުން އޭނާގެ ފުރާނައަށް އަނިޔާކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ވީމާ މަރުވުމާއި ހަމައިން އޭނާއަށް ލިބެމުންދިއަ އަނިޔާއިން އެމީހަކު ސަލާމަތްވެއެވެ.

ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ޢަޛާބުލިބުމުގައި އޮތީ އެގޮތެއް ނޫނެވެ. ކިތަންމެ ގިނައިން ކިތަންމެ ގަދަފަދަ ޢަޛާބު ލިބުނުކަމުގައިވީނަމަވެސް އެފުރާނަ މަރެއް ނުވާނެއެވެ. ދިރިހުންނާނެއެވެ.

ކައްވަޅުގައި ޢަޛާބުލިބޭ މީހުންނާއިމެދު ހުރި ހަދީޘްފުޅުތަކުންނާއި ނަރަކައިގައި ޢަޛާބު ލިބޭނެ މީހުންނާއި މެދު ހުރި އާޔަތްތަކުން މިކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.

"-- ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ! އެތަނުގައި އެއުރެން އަބަދަށް ދެމިތިބެނިވި ތަނެއްގެ ގޮތުގައެވެ." (އަލް ޖިންނި: 23)

ޢަޛާބުގެ ސަބަބުން މަސްތައް ވިރިގެންދާނެތެވެ! އަލުން މަސްތައް ލައްވަވާނެތެވެ. ގުނަވަންތައް ނެތިގެންދާނެތެވެ. އަލުން ގުނަވަން ލައްވަވާނެތެވެ. ޢަޛާބުގައި އެއްވެސް މީހަކު މަރުވުމެއް ނެތެވެ! ނެތިދިއުމެއްވެސް ނެތެވެ. ވީމާ އެންމެ ގަދަފަދަ ޢަޛާބަކީ އެއީއެވެ.

--އުސްތާޛް ނޫމާން ޢަލީޚާންގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް