އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުލީ ރީޖަނަލް ހޮސްޕިޓަލުގެ 50 އެނދުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

މުލީ ރީޖަނަލް ހޮސްޕިޓަލުގެ 50 އެނދުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ 50 އެނދުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފައެވެ.

މުލީ ހިއްކި ބިމުގައި ތަރައްޤީކުރާ މި ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

171 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. 32،250 އަކަފޫޓުގެ ބިމެއްގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރާ ހޮސްޕިޓަލަކީ 4 ފަންގިފިލާއަށް ތަރައްޤީކުރާ އިމާރާތެކެވެ.

މި އިމާރާތް ނިމުމުން ހޮސްޕިޓަލުގައި އިތުރު ގިނަ ޚިދުމަތްތަކެއް ޤާއިމުކުރެވިގެންދާނެއެވެ. ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެންމެ މުހިންމު އެއް މަޤްޞަދަކީ، ރައްޔިތުންނަށް އަމިއްލަ ރަށާއި ސަރަޙައްދުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް އިމާރާތުގެ އިތުރުން، ވަކިން އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސް އިމާރާތެއްވެސް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުލީގެ ސިއްޙީ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ސަރުކާރުން ފާހަގަކުރައްވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު