އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިލެއްފައްސާއި ފޭދޫ އަދި ނޫމަރާގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި

ބިލެއްފައްސާއި ފޭދޫ އަދި ނޫމަރާގައި ބީއެމްއެލް އޭޓީއެމް ޚިދުމަތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ށ. އަތޮޅުގެ ތިން ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތް މިއަދު ފަށައިފިއެވެ.

މި ޚިދުމަތް ފަށައިދިނީ ށ.ބިލެއްފައްސާއި ށ.ފޭދޫ އަދި ށ.ނޫމަރާގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުތަކެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މި ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެ ރަށްރަށުގެ ކައުންސިލުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އަލަށް ޤާއިމުކުރެވުނު އޭޓީއެމްތަކަކީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްތަކެކެވެ.

ބީއެމްއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ މަޝްރޫޢުގެ ބައެކެވެ. މި ބުރުގައި އަތޮޅުގެ 10 ރަށެއްގައި މި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ލިބެން ހުންނާނެއެވެ.

މި ޚިދުމަތް ފެށުމުން ރަށު ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މިއީ އަތޮޅުގެ އިޤްތިޞާދީ ދުވެލި އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް ލަފާކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު