އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް މިދިޔަ ހޯމަ ދުވަހު ބޭނުންކުރަން ފަށައިފި

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް މިދިޔަ ހޯމަ ދުވަހު ބޭނުންކުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އައު ލިފްޓުތައް މިދިޔަ ހޯމަ ދުވަހު ބޭނުންކުރަން ފަށައިފިއެވެ. މިއީ ހިޔާގެ ޓަވަރުތަކުގައި ހަރުކުރަމުން އަންނަ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓުތައް ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދެއްވިއެވެ.

އެޗްޑީސީން ވިދާޅުވި ގޮތުގައި މިހާރު 3 އާއި 4 ވަނަ ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މި މަޝްރޫޢުގެ ދަށުން ހިޔާގެ 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރުމަށް ވަނީ ރޭވިފައެވެ.

ހިޔާގެ ކޮންމެ ފްލެޓަކަށް ދެ ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. މި ވަޢުދާ އެއްގޮތަށް ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާ ހަވާލުކޮށްގެންނެވެ.

އެޗްޑީސީން އިތުރަށް ވިދާޅުވި ގޮތުގައި މި ލިފްޓުތަކަކީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. އަދި ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން ފްލޯ ނަމްބަރު ބްރެއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވެއެވެ.

މި މަޝްރޫޢު ނިމުމުން ހިޔާގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ. މިއީ ހިޔާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު