އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޑރ. މުޢިއްޒު ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކަކީ ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް މުޅި ދުނިޔެއަށްވެސް ފައިދާކުރާނެ ފިޔަވަޅުތަކެއް!: ޑަބްލިޔޫއެޗްއޯ

ރައީސް ޑރ. މުޢިއްޒު ދުންފަތާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކަކީ ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް މުޅި ދުނިޔެއަށްވެސް ފައިދާކުރާނެ ފިޔަވަޅުތަކެއް!: ޑަބްލިޔޫއެޗްއޯ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 22 ސިކުންތު

ދުންފަތާއި އީސިގިރޭޓް އަދި ވޭޕް ހުއްޓުވުމަށް ރައީސް ޑރ. މުޙައްމަދު އަޅުއްވާފައިޔަވަޅުތަކުގެ ފައިދާކުރާނީ ހަމައެކަނި ރާއްޖެއަށް ނޫންކަމާއި އެއީ ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް މުޅި ދުނިޔެއަށްވެސް ފައިދާކުރާނެ ފިޔަވަޅުތަކެއްކަން ޑަބްލިޔޫއެޗްއޯ އިން ފާހަގަކޮށްފިއެވެ. 

ވީމާ މިބޮޑުވަބާއިން ރައްޔިތުން ސަލާމަތްކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ދުނިޔެ ބަލައިގަތް ކަންތައްތަކެއްކަން މިވަނީ ހާމަވެފައެވެ. 

ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެފާނުގެ ވެރިކަން ނިމުމަކަށް ގެނެސް އެމަނިކުފާނުގެ ހަށިކޮޅަށް އަނިޔާކުރަން މެދުވެރިވި އެންމެ ސަބަބަކީ ދުންފަތާއި ދެކޮޅަށް އެމަނިކުފާނު އެޅުއްވި ފިޔަވަޅުތައް ކަމަށް ބަލައި ދުންފަތް މަނާކުރަން ނުވަތަ ހުއްޓުވަން އެއިގެ ފަހުގެ ހުރިހާ ވެރިންވަނީ ޖެހިލުންވެވަޑައިގެންފައެވެ. 

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ގެއްލުން ހުރި ކަމެއްކަން ހުރިހާ ރައީސުންވެސް ޤަބޫލުފުޅުކުރއްވަވައެވެ. އެކަމުގެ ހެއްކަކީ މުޙައްމަދު އަމީނުން ފެށިގެން މިހައިތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވެވި ރައީސުންގެ ތެރެއިން އެންމެ ރައީސަކު ފިޔަވައި ދުންފަތުގެ އިސްތިޢުމާލު ނުކުރައްވާ ކަމެވެ. އެރައީސްވެސް ދުންފަތުގެ އިސްތިޢުމާލްކުރުމާއި ދުރުހެލިވާންޖެހޭކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ. ވީމާ ދުންފަތުގެ އިސްތިޢްމާލުކުރުން ހުއްޓުވުމަކީ ކުރަންޖެހޭ ކަމެއްކަން އެރައީސްވެސް ޤަބޫލުފުޅު ކުރައްވަވާކަން އެއޮތީ ހާމަވެފައެވެ. 

ދުންފަތް ހުއްޓުވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ގިނަ ފިހާރަތަކުން މިހާރު ވަކިސިގިރެޓެއް ނުވިއްކައެވެ. ވިއްކަނީ ފޮށްޓެވެ. ވީމާ އެކަްނވެސް ވެގެން ގޮސްފައިވަނީ ދުންފަތުގެ އިސްތިޢުމާލުކުރުން ބޮޑުތަނުން މަދުވެގެންދާނެ ސަބަބަކަށެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހަކީ ބޭނުންވާ ކޮންމެ ފަހަރަކު 200، 300 ރުފިޔާ ދީފައި ސިގިރޭޓްފޮށްޓެއް ގަނެވޭނެ މީހަކަށް ނުވާތީއެވެ. 

ދުންފަތުގެ އިސްތިޢުމާލުކުރުން މަދުވުމަކީ ޞިއްޙަތަށް އެކަމުގެ ފައިދާ ކުރުމުގެ އިތުރުން ގިނަ ޢަދަދެއްގެ ފައިސާ ސަލާމަތްކުރެވޭނެ ކަމެކެވެ. އެކަމުގެ ހެޔޮ އަސަރު ޢާއިލާތަކަށް ކުރާނެއެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުދެކެ ކުޑަކޮށް ރުޅިއައިސްފައި ނަމަވެސް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ދުރުހެލިވުމުން އެމީހަކަށް އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. 

ދުންފަތާއި ދެކޮޅަށް ރައީސް ޑރ. މުޢިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ގިނަބައެއްގެ ނުރުހުން އޮތް ކަމަކަށްވާތީ ކުރިއަށް އޮތް އިންތިޚާބުގައި އެކަމުގެ އަސަރުކޮށްފާނެކަން އެނގިވަޑައިގެން ހުންނަވައިވެސް އެފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަން އެއީ ވެރިކަމުގައި ހުންނެވުމަށްވުރެ ރއްޔިތުންގެ މަންފާއަށް އެމަނިކުފާނު ލޯބިކުރައްވާކަމުގެ ހެއްކެކެވެ. 

ރައީސް ޑރ. މުޢިއްޒު ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ވާގިއެދިވަޑައިގަންނަވަނީ މާތް ﷲ ގެ ޙަޟްރަތުން ކަމަށެވެ.

 

--ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅު އަޑުއައްސަވައިލެއްވުމަށް-:

https://www.facebook.com/newspsm/videos/703207428966491

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު