އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލަނީ

"ފަށާ މަދަދު" ލޯނުގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން "ފަށާ މަދަދު" ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލަން ނިންމައިފިއެވެ. މި ލޯނު ސްކީމަށް ޖުމްލަ 100 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ކޮންމެ ފިޔަވައްސަކަށް 20 މިލިއަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ.

އެސްޑީއެފްސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ލޯނު ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާނެއެވެ. މި ލޯނު ސްކީމްގެ 25 އިންސައްތަ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްފައެވެ.

މި ލޯނު ސްކީމްގެ ދަށުން، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100,000 ރުފިޔާއިން ފެށިގެން 500,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ނެގުމުގެ ފުރުސަތު ލިބޭނެއެވެ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 6 އިންސައްތައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 7 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މީގެ އިތުރުން، ލޯނު ނަގާ ފަރާތްތަކަށް 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.

"ފަށާ މަދަދު" ލޯނު ސްކީމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން ތަޢާރަފުކުރެވުނު ލޯނު ސްކީމެކެވެ. މި ސްކީމްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު