އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެތްތެރިކަމުގެ 3 ބާވަތް ދަސްކުރަންވާނެ! ޢަމަލުކުރެވޭނީ އެއިރުން!: މުފްތީ މެންކް

ކެތްތެރިކަމުގެ 3 ބާވަތް ދަސްކުރަންވާނެ! ޢަމަލުކުރެވޭނީ އެއިރުން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ދުނިޔޭގައި ތިމާ ހޭދަކުރާ ޙަޔާތް ކާމިޔާބުކުރެވިފައި ހުރީ ކެތްތެރިންނަށެވެ. ވީމާ ފުރަތަމަކަމަކަށްވެސް ކެތްތެރިކަން ދަސްކުރަން އެބަޖެހެއެވެ. ވީމާ އަޑުއަހާށެވެ!

ކޮންމެ ފަދަ މުޞީބާތެއް ޖެހުނުކަމުގައިވީނަމަވެސް ކެތްތެރިވުމަށް ބުނަންޖެހެނީ އެކަމަށް ސަބަބުތަކެއް އޮތުމުންނެވެ. ކެތްތެރިންނަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެކަމުގެ ފައިދާ ކުރާނެ ބައެކެވެ. ކެތްތެރިއަކަށް ވުމަށް ދީނުގައި އެހައިބޮޑަށް ބާރު އަޅުއްވަވާފައިވަނީ ހަމަ އަހުރެމެންގެ ފައިދާއަށެވެ.

ކެތްތެރިކަމުގައި 3 ބާވަތެއްވެއެވެ. ވީމާ އެ 3 ބާވަތްވެސް ވަރަށް ރަނގަޅަށް އެނގެން ޖެހޭނެއެވެ. ކެތްތެރިވެވޭނީ އެނގިގެންކަމަށްވާތީއެވެ.

ފުރަތަމަކަމަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރުމެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ ޢަމަލުކުރުންވެސް ﷲ ތައާލާ ލައްވަވާފައިވަނީ ކެތްތެރިވުމުގެތެރެއިންނެވެ.

މިސާލަކަށް ފަތިސްނަމާދަކީ ގިނަ ބައަކަށް ކުރަން އެންމެ އުނދަގޫ ނަމާދެވެ. ފަތިހުގެ ނިދި ނަގާލާފައި ހޭލަންޖެހޭތީއެވެ. ފަތިސްނަމާދަށް ހޭލުމަކީވެސް ކެތްތެރިވުމެވެ.

ހަމައެފަދައިން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ނުކޮށްހުރުންވެސް ލައްވަވާފައިވަނީ ކެތްތެރިކަންކަމުގައެވެ. ނަހީކުރައްވަވާފައިވާ ކަންކަމުގެ ތެރޭގައި ބައެއް މީހުން ކުރާ ހިތްވާކަންކަންވެސް ހިމެނެއެވެ. ވީމާ އެފަދަ ކަމެއް ނުކޮށް ހުރުންވެސް އެއީ ހަމަ ކެތްތެރިކަމެވެ.

ތިންވަނައީ ﷲ ތަޢާލާ ކުރިމަތިކުރައްވަވާ ކަންކަމަށް ކެތްތެރިވުމެވެ. ކޮންމެ ހާލަތެއް ކުރިމަތިވިނަމަވެސް އެއީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ކަމެއްކަން ޤަބޫލުކޮށް ކެތްތެރިވުމެވެ.

ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކު ކަމަށް އޮތް ވަހީ ބަސްފުޅުގައި މި 3 ބާވަތުގެ ކަންކަންވެސް ހިމެނިގެންވެއެވެ. މިބަޔާންކުރި 3 ބައިގައި، 3 ސިފައިގައި ސާބިތުވެއްޖެ މީހަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބި ސުވަރުގޭގައި ލައްވަވާނެ މީހެކެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް