އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނަކު އެކަނި އިނުމަކީ އޭނާގެ ބަލިކަށިކަމެއް ނޫން! އެއީ ކުޅަދާނަ އަންހެނުންނަށް ކުރެވޭ ކަމެއް!

އަންހެނަކު އެކަނި އިނުމަކީ އޭނާގެ ބަލިކަށިކަމެއް ނޫން! އެއީ ކުޅަދާނަ އަންހެނުންނަށް ކުރެވޭ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

އަންހެނަކު ކައިވެނިކޮށް ނުވަތަ ކައިވެނި ރޫޅުމުން ގިނަ ދުވަހު އެކަނި އިންނަނަމަ އެއީ ބަލިކަށި އަންހެނުންގެ ގޮތުގައި ސިފަކުރާ ބައަކު އުޅެއެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.  

ބަލިކަށިކަމުންވެސް އަންހެނަކު އެކަނި އިނދެދާނެއެވެ. ނަމަވެސް އެއީ އެއީ ވަރަށް މަދުބައެކެވެ. އެކަނި ތިބޭ ގިނަ އަންހެނުން އެގޮތަށް އެކަނި އެތިބެނީ އެމީހުންގެ ހިތްވަރުގަދަ ކަމުންނެވެ.  

މިޘާލަކަށް ކައިވެނިނުކޮށް ބައެއް އަންހެނުން ލަސްކުރަނީ ކައިނިކުރަން ބޭނުންނުވާތީއެއް ނޫނެވެ. އެމީހުން ގޮވައިގެން ޢުމުރަށް އެކުގައި އުޅޭނެކަމަށް އެމީހުންނަށް ޤަބޫލުކުރެވޭ ފިރިހެނަކާއި ބައްދަލުނުވާތީއެވެ. ހަމަ އެގޮތަށް ކައިވެނިރޫޅުމުން ދެވަނަ ކައިވެނިނުކޮށް ލަސްކުރަނީވެސް ކުރިން ކުރެވުނު ހިތި ތަޖުރިބާ އަލުން ކުރަން ނުޖެހޭނެ ގޮތަކަށް ދެވަނަ ކައިވެނިކުރަން ބޭނުންވާތީއެވެ.  

މިވާހަކައިގެ ދަލީލަކީ އެކަނިތިބެގެންވެސް އެމީހުން ވަރަށް ރަނގަޅު މަސައްކަތްކުރެއެވެ. ބޮޑެތި ވިޔަފާރިތައްވެސް ކުރެއެވެ. ރަނގަޅު ވަޒީފާތައްވެސް އަދާކުރެއެވެ. އަދި އެކަނިވެރި މައިންގެ ގޮތުގައި ތިބެ ބުރަ އުފުލަމުންވެސް ރަނގަޅު ގޮތުގައި ދަރިން ގެންގުޅެ ބޮޑުކުރެއެވެ.  

ރަނގަޅު އަންހެނަކު އެމީހުންގެ ގައިގައި ގިނަ ފިރިހެނުން ބީހޭކަށް ނުރުހޭނެއެވެ. އެހެންވެ އެކަނި އިންނަމަވެސް އެމީހުން ތިބޭނީ ޝަރަފުވެރިކަންމަތީގައެވެ. އެހެންވީމާ ގިނަފިރިހެނުންނާއި މަސްހުނިވެގެން ނުއުޅެ ޝަރަފުވެރިކަމާއިއެކު ކެތްތެރިވާ އަންހެނުންނަކީ ބަލިކަށި ބައެއްގެ ގޮތުގައި ދުށުމުގެ ޙައްޤު ލިބިގެނެއް ނުވެއެވެ.  

އަހުރެން ފިރިހެނުންނަށް އިލްތިމާސްކުރާނީ އެފަދަ އަންހެނުންނާއި މަސްހުނިވެ ކުޅިވަރުކުޅެން ނުވިސްނައި އެފަދަ އަންހެނުންގެ އަގުވަޒަންކޮށް އެފަދަ އަންހެނުންނާއި ގުޅި ކައިވެނިކޮށް ތިމާއަކީވެސް އަނބިމީހާ ފަދަ ހަރުދަނާ މީހަކުކަން ދެއްކުމަށެވެ. އެންމެ ކާމިޔާބު ކައިވެންޏަކީ އެއީއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް