އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 2 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ޢިލްމު ހޯދުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމުވެގެންވާ ކަމެކެވެ. އެހެނީ،، އިސްލާމްދީނުގައި ޢިލްމުގެ މަޤާމު ވަރަށް މަތިވެރިވެގެންވެއެވެ. މިކަން ހާމަވެގެންދަނީ ފުރަތަމަ ބާވައިލެއްވުނު ވަޙީއަކީ ޢިލްމު ހޯދުމަށް ކުރެވުނު އަމުރު ކަމުގައިވާތީއެވެ. އެއީ ޢަލަޤް ސޫރަތުގެ 1 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. "اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ" (ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ ހުރިހާ ތަކެއްޗެއް ހެއްދެވި ރަސްކަލާނގެއެވެ. 1) މިއެވެ. މިގޮތުން، ތައުޙީދުގެ އަސާސަކީ "އިޤްރާ" އެވެ. ކިޔެވުމަކީ އުނގެނުމެވެ. އުނގެނުމަކީ ތަޢުލީމު ޙާޞިލުކުރުމެވެ.
ސޫރަތުއް ރަޙްމާނުގައި، ﷲގެ ރަޙްމަތްފުޅުގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެސޫރަތުގައިވާ ކޮންމެ އާޔަތަކީވެސް އަޅުގަނޑުމެންނަށް ލިބޭ ﷲގެ ރަޙްމަތްފުޅެކެވެ. ﷲ އެ ސޫރަތް ފައްޓަވަނީ އެކަލާނގެ އިސްމުފުޅު الرَّحْمَٰنُ ﴿١﴾ رحمن ވަންތަ ރަސްކަލާނގެއެވެ. (1) އިންނެވެ. ދެން ވިދާޅުވަނީ عَلَّمَ الْقُرْآنَ ﴿٢﴾ (އެކަލާނގެ قرآن އުނގަންނައިދެއްވިއެވެ. (2)) އަދި އޭގެ ފަހުން خَلَقَ الْإِنسَانَ ﴿٣﴾ (އެކަލާނގެ އިންސާނާ ހެއްދެވިއެވެ. (3)) މިފަދައިންނެވެ.
މިއިން އަޅުގަނޑުމެންނަށް އުނގަންނައިދެނީ، އިންސާނުންނަކީ ޤުރްއާނުގެ އަމުރުތަކާ އެއްގޮތަށް ޢަމަލުކުރާ ނަމަ މެނުވީ ފާހަގަކޮށްލެވޭ ބައެއް ނޫން ކަމެވެ. އަދި ޤުރްއާނުގެ ސަބަބުން އިންސާނާ ޚާއްޞަވެގެންވާ ކަމެވެ.
ކޮންމެ މުސްލިމަކުވެސް އޭނާގެ ދިރިއުޅުމުގެ ޙާލަތާ ގުޅޭ ޝަރުޢީ ޙުކުމްތައް ދަސްކުރުމަކީ ވާޖިބު ކަމެކެވެ. މިސާލަކަށް:
އަނބިމީހާ ނުވަތަ ފިރިމީހާއެއްނަމަ، ކައިވެނީގެ ޙައްޤުތަކާއި ޤަވާޢިދުތައް ދަސްކުރުން.
މައިންބަފައިންނަމަ، ދަރިން ތަރުބިއްޔަތުކުރުމުގެ ޤަވާޢިދުތައް ދަސްކުރުން.
ވިޔަފާރިވެރިއެއްނަމަ، ގަނެވިއްކުމުގެ ޤަވާޢިދުތައް ދަސްކުރުން.
އަވަށްޓެރިންނާ މެދު ޢަމަލުކުރަންވީ ގޮތްތައް ދަސްކުރުން.
އިސްލާމްދީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިތަނުން އަޅުގަނޑުމެންނަށް ވިސްނާލަން ޖެހެނީ ކޮން ކަމެއްތޯއެވެ؟ އާދަމްގެފާނު ބިމަށް ވަޑައިގަތީ ޤުރުއާނުގެ ކުރިން ކަމުގައިވީ ނަމަވެސް، ﷲ ފުރަތަމަ ބަޔާންކުރައްވާފައިވަނީ އަޅުގަނޑުމެންނަށް ޤުރުއާން އުނގަންނައިދެއްވި ވާހަކައެވެ. މިއިން އަޅުގަނޑުމެންނަށް އުނގަންނައިދެނީ އިންސާނުންނަކީ ޤުރުއާނުގެ އަމުރުތަކުގެ މަތީގައި ނޫނީ ފާހަގަކޮށްލެވޭ ބައެއް ނޫން ކަމެވެ. އެހެންކަމުން، އަޅުގަނޑުމެން އިސްކަންދޭންވީ ޤުރުއާނަށެވެ. އެއީ ހަމަ ޤުރުއާނެވެ.
އިސްލާމްދީނުގެ ފުރަތަމަ ދުވަސްކޮޅުގައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެން އުޅުއްވިއެވެ. މި ތިން ޖީލުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެއީ އޭގެ ފަހުން އުއްމަތް އިމްތިޙާނު ކުރެވި، ގިނަ ޚިޔާލުތަކަކާއި ވިސްނުންތަކެއް އައި ހިނދު، އަދި ކޮންމެ މީހަކުވެސް އިސްލާމްދީނުގެ ނަމުގައި ގިނަ ވާހަކަތަކެއް ދެއްކި ހިނދު، ގިނަ މީހުން "އަހަރެން ކުރަންވީ ކޮން ކަމެއްތޯ؟" މިހެން އަހަން ފެށި ހިނދުގައެވެ. މިފަދަ ޙާލަތްތަކުގައި އަޅުގަނޑުމެން އެނބުރި ދާންވީ އިސްލާމްދީނުގެ ފުރަތަމަ ތިން ޖީލުގައި އުއްމަތުގެ އަޣުލަބިއްޔަތު ބަޔަކު ޢަމަލުކުރި ގޮތަށެވެ. މި ޢިލްމު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.
ޝަރީޢަތުގައި ޢިލްމު ދެބަޔަކަށް ބަހާލާފައިވެއެވެ. އެއީ ފަރުޟު ޢައިނާއި ފަރުޟު ކިފާޔާއެވެ.
މި މުހިންމު މަޢުލޫމާތުތައް ދަސްކޮށް، އަމަލީ ގޮތުން ތަޠްބީޤުކުރުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެކެވެ. މިގޮތުން އަޅުގަނޑުމެން އަބަދުވެސް އިސްލާމްދީނުގެ އަސްލުތަކަށް ރުޖޫޢަވެ، ޤުރުއާނާއި ސުންނަތުގެ އަލީގައި ދިރިއުޅުން ބައްޓަންކުރަން މަސައްކަތްކުރަންވާނެއެވެ.
- ޝައިޚް ޑރ. ސާޖިދު ޢުމަރު
Advertisement
3 ޖޫން 2025