އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު
ކުރެވޭ ނުވަތަ ކުރެވިފައިވާ ފާފައެއްގެ ވާހަކަ ބެސްޓްފްރެންޑްގެ ގާތުގަ ބުނުން ހުއްދަވާނެތޯ؟
ސުވާލުގެ ޖަވާބަކީ ބެސްޓްގެ ބެސްޓް ފްރެންޑެއްގެ ގާތުގައި ނަމަވެސް ތިމާއަށް ކުރެވޭ އަދި ކުރެވިފައިވާ ފާފަތަކުގެ ވާހަކަ ދެއްކުން ހުއްދައެއް ނޫނެވެ. މީގެ މާނައަކީ މިޘާލަކަށް ޒިނޭކުރެވޭ މީހަކު އެކަން ހުއްޓާލަން ޢަމަލުކުރާނެ ގޮތަކާއިމެދު ޢިލްމްވެރިންގެ ގާތުގައި ސުވާލުކުރުމެއް ނޫނެވެ. އެއިގެ އިތުރުން އެކަންކަމުގެ ޥާހަކަ ދެއްކުމެވެ.
މިޘާލަކަށް މިވެނި މީހަކާއިއެކު މިވެނިކަމެއް ކުރިކަމަށް ބުނުމާއި އިތުރު ތަފްޞީލްތައް ކިޔައިދިނުން ހުއްދައެއް ނޫނެވެ. އެކަންވާނީ ކުރެވޭ ވަރަށް ބޮޑުފާފައަކަށެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން އެމީހަކަށް ކުރެވުނު ފާފަތައް ފުއްސަވައިދެއްވަވައި އަދި އެކަން މަލާއިކަތުންނަށްވެސް ވަހާކުރައްވަވައި ދެއްވަވަތެވެ. ވީއިރު ތައުބާވުމަށްފަހު އެއިގެކުރިން ކުރެވިފައިވާ ފާފަތަކުގެ ވާހަކަ އަހަރެމެން އެހެން މީހުންނަށް ކިޔައިދޭންޖެހެންވީ ކީއްވެގެންހެއްޔެވެ؟ ކުރެވިފައިވާ ފާފައެއްގެ ވާހަކަ ހަމައެކެއްގެ ގާތުގައި ބުނުންވެސް ރަސޫލް ﷺ ވަނީ ވަރަށް ބޮޑަށް މަނާކުރައްވަވައިފައެވެ. އަދި އެއީ އެކަމުން ސަލާމަތްނުވެވިދާނެ ބޮޑު ފާފައެއްކަންވެސް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.
ކަންމިހެން އޮތް ނަމަވެސް މީހުން ސުވާލުކުރުމުން ތެދުވެރިވުމުގެ ބޭނުމުގައި ބައެއް މީހުން އެމީހުންނަށް ކުރެވިފައިވާ ފާފަތައް އެހެން މީހުންނަށް އެބަ ކިޔައިދެއެވެ. ނަމަވެސް އެކަން އެގޮތަށް އެއްގޮތަކަށްވެސް ކޮށްގެން ނުވާނެވެ. އެފަދަ ސުވާލެއް މީހަކު ކޮށްފިނަމަ ޖަވާބުގައި ބުނާށެވެ! "އަހަރެން މިހުރީ ތައުބާވެގެންނެވެ." އަދި ކީއްހެއްޔެވެ؟ "އަހރެންގެ ކިބައިގައި އެއްވެސް ފާފައެއް ނެތް" ކަމަށް ވެސް ބުނާށެވެ.
އެހެނީ ތައުބާވުމުން އެމީހަކީ އެއްވެސް ފާފައެއް ނުކުރާ މީހެއް ފަދައެވެ. އެފަދަ މީހެއްގެ ކިބައިގައި އޮންނާނީ ކޮންފާފައެއް ހެއްޔެވެ؟ އަދި ބުނާށެވެ! "ތިބާއަކީ ޤިޔާމަތްދުވަހުގެވެރި ފަރާތެއް ނޫނެވެ." އަދި "އަހަރެންނަށް ކުރެވިފައިވާ ފާފަތައް ތިއަ ހޯދަނީ ކީއްކުރަން ކޮން ބޭނުމަކުތޯ؟" ސުވާލުވެސްކުރާށެވެ.
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
8 ޖޫން 2025