އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތިޙާލުގަ އުޅެންޖެހުމަކީ ހާސްވާންޖެހެންވީ ކަމެއް ނޫން! ދެރަވާންވީ ދަތިޙާލުގަ އުޅެން ނުޖެހިއްޖެ ނަމަ!

ދަތިޙާލުގަ އުޅެންޖެހުމަކީ ހާސްވާންޖެހެންވީ ކަމެއް ނޫން! ދެރަވާންވީ ދަތިޙާލުގަ އުޅެން ނުޖެހިއްޖެ ނަމަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ދަތިޙާލުގައި އުޅެންޖެހޭ މީހުންނާއި ދިމާއަށް އޭނާއަށް އެޙާލުގައި އުޅެންޖެހެނީ ތަޤްވާވެރިކަން ކުޑަކަމުން ކަމަށް ނުބުނާށެވެ! އެއިގެ ބަދަލުގައި ތަޤްވާވެރިކަން އިތުރުކުރުމަށާއި ކެތްތެރިކަން އިތުރުކުރުމަށް ހިތްވަރުދޭށެވެ.

ތަޤްވާވެރިވެ އަޅުކަންކުރިނަމަވެސް ދަތިޙާލުގައި އުޅެންޖެހެއެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ދިރިއުޅުއްވެވި ދަތިޙާލުކޮޅާއިމެދު ވިސްނައިލާށެވެ. އަދި އިތުރު އެކަލޭގެފާނު އަޅުކަންކުރެއްވެވި މިންވަރަށް ވިސްނައިލާށެވެ. އަދި ދަތިޙާލުކޮޅުގައި އުޅުއްވަވަން ޖެހިވަޑައިނުގަންނަވަނީ ކޮން ރަސޫލްބޭކަލެއް ހެއްޔެވެ؟ މިކަންކަމަށް ވިސްނާލައިފިނަމަ އަޅުކަންކުރިނަމަވެސް ދަތިޙާލުގައި އުޅެންޖެހޭތީ މާޔޫސްވާކަށް ނުޖެހޭނެއެވެ.

ދުނިޔޭގައި ހުރެ އެމީހާކުރާ މަސައްކަތުގެ ނަތީޖާ ނުފެނުމުން ގިނަބައަކު ކަންބޮޑުވެއެވެ. ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް ދަތިހާލުގައި އުޅެންޖެހޭތީވެސް ކަންބޮޑުވެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ އެއްވެސް މީހަކު ކަންބޮޑުވާންޖެހޭނެ ކަންކަމެއް ނޫނެވެ. ﷲ ތައާލާ ޤިޔާމަތް ދުވަހު މީސްތަކުންނަށް ޖަޒާ ދެއްވަވަނީ އެމީހަކު ހޯދި ނަތީޖާއަށް ބައްލަވައިގެނެއް ނޫނެވެ. އެމީހަކު ކުރި މަސައްކަތަކަށް ބައްލަވައިވޮޑިގެނެވެ. އެމީހަކު އެކަމަކަށް މަސައްކަތްކޮށްފައިވާނަމަ އެމީޙަކަށް އެކަމުގެ ޖަޒާދެއްވަވާނެތެވެ.

މިސާލަކަށް ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ބަލާށެވެ. 950 އަހަރުވަންދެން ދީނަށް ގޮވައިލެއްވެވުމުން ޢިޖާބަދިނީ އެންމެ 80 ވަރަކަށް މީހުންނެވެ. ނަމަވެސް ނޫޙުގެފާނަކީ އެންމެ މަތިވެރިކަން ލިބިވަޑައިގެންވާ ރަސޫލް ބޭކަލެކެވެ.

މާޔޫސްވާންވީ ދަތިޙާލުގައި އުޅެން ނުޖެހިއްޖެނަމައެވެ. އެއީ ދަތިޙާލުގައި އުލެން ނުޖެހޭ މީހަކަށް ދަތިޙާލު ކުރިމަތިކުރެއްވެވުމުން ކެތްތެރިވެވުނު މިންވަރު އެނގެން ނުއޮންނާނެތީއެވެ. ވީމާ ކޮންމެ ދަތިޙާލަތެއް ކުރިމަތިވިނަމަވެސް އުފާކުރާށެވެ. ކެތްތެރިވާށެވެ. އެކަމުން ލިބެން އޮތް ޘަވާބާއި ނިޢްމަތް ލިބިގަންނާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް