އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު
އަހުރެން މިވާހަކަ މިބުނަނީ ވަކި މީހަކަށް ނޫނެވެ. އެންމެންނަށެވެ. ތިބާއަށް 2 ފަހަރު ދެރައެއް ދީފި މީހަކާ އެއްވެސް ގުޅުމެއް ނުބާއްވާށެވެ! އެމީހަކަށް އެއްވެސް ވަރަކަށް އިތުބާރުނުކުރާށެވެ!
ވިސްނާށެވެ! ފުރަތަމަ ފަހަރަކީ ލިބޭ އިންޒާރެކެވެ. ދެވަނަ ފަހަރަކީ ލިބޭ ފިލާވަޅެކެވެ. ލިބުނު އިންޒާރަށް ސަމާލުކަން ނުދީ އަދި ލިބުނު ފިލާވަޅުން ޢިބްރަތް ޙާޞިލުނުކޮށްފިނަމަ ދެން ލިބޭނީ ގެއްލުމާއި އަނިޔާއެވެ. އަދި އެކަންވާނީ އެމީހަކު އަމިއްލައަށް ލިބިގަތް ކަމަކަށެވެ.
މީގެ މާނައަކީ އެފަދަ މީހަކާއި އަނގައިން ނުބުނުމެއް ނޫނެވެ. ބައްދަލުވުމުން ސަލާމްގޮވަންވާނެއެވެ. ވާހަކަވެސް ދައްކަންވާނެއެވެ. ކުރަންޖެހޭނެ ކަމަކީ އެމީހަކަށް އިތުބާރުނުކުރުމާއި ގާތް ގުޅުން ނުބޭއްވުމެވެ.
ބުއްދިވެރިންނަކީ ފުރަތަމަ ލިބޭ އިންޒާރު ބަލައިގަނެ ރައްކައުތެރިކަމުގެ ފިޔަވަޅުއަޅާ މީހުންނެވެ. މީހަކަށް ކުށެއް ކުރެވިދާނެއެވެ. ނަމަވެސް ދެރަދިނުމަކީ މުޅިން ތަފާތު ކަމެކެވެ. ގިނަ މީހުންނަށް ހިތާމަކުރަން ޖެހެނީ ޤަޞްދުގައި ދެރަދޭ މީހުންނާއިމެދު ސަމާލުކަން ނުދެވޭތީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
Advertisement
8 ޖޫން 2025