އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިންގެ މައްސަލަތައް އެންމެ ގާތް އެކުވެރިޔާއަށްވެސް ކިޔައިނުދީ ޙައްލުކުރަން މިމަގުން މަސައްކަތްކުރާށެވެ! ލިބޭ ލަފާއިން މައްސަލަ އިތުރަށް ގޯސްވެ އެސްފީނާޖެހުން ގާތްވޭ!

ދެމަފިރިންގެ މައްސަލަތައް އެންމެ ގާތް އެކުވެރިޔާއަށްވެސް ކިޔައިނުދީ ޙައްލުކުރަން މިމަގުން މަސައްކަތްކުރާށެވެ! ލިބޭ ލަފާއިން މައްސަލަ އިތުރަށް ގޯސްވެ އެސްފީނާޖެހުން ގާތްވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 12 ސިކުންތު

ދެމަފިރިންގެ ދިރިއުޅުމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެވިފައިވާ ގުޅުމެކެވެ. މި ގުޅުމުގެ ތެރޭގައި ދެމަފިރިންނަށް އެކަނި ހާއްސަ ވެގެންވާ ކަންތައްތަކެއް ހުރެއެވެ. އެހެންކަމުން، ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތައް އެހެން މީހުންނާ ހިއްސާކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫނެވެ. އަދި އެންމެ ގާތް އެކުވެރިޔާއަށް ވިޔަސް މިފަދަ މައްސަލަތައް ކިޔައިދިނުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. 

ޒަވާޖީ ހަޔާތެއް ފަށާ ދުވަހުން ފެށިގެންވެސް އިސްލާޙުގެ މަގު އިޚްތިޔާރުކުރަންޖެހެނީ، އެފަދައިން ކަންތައް ނުކޮށްފިނަމަ، އުފެދުނު ލޯބި ނަފްރަތަށް ބަދަލުވެދާނެ ކަމަށެވެ. އޯގާތެރިކަމާއި އަޅާލުން އަނިޔާވެރިކަމަށް ބަދަލުވެދާނެތީއެވެ. ޢާއިލީ އެއްބައިވަންތަކަން ރޫޅި ދެބަސްވުމާއި އަރައިރުން އުފެދިދާނެތީއެވެ. ދެމެފިރިންގެ ފަރާތުން އެކަކު އަނެކަކަށް ލިބެމުންއައި އުފާވެރިކަމާއި ހިތްހަމަޖެހުން، ދެމީހުންގެ ބައްދަލުވުމާއިއެކު، އެކަކު އަންކަކުގެ ސަބަބުން ބޮޑު އުދަނގުލަކަށް ވެގެންދާ ހިސާބަށް ކަންކަން ހިގައިދާނެތީއެވެ.  

އަދި އެންމެފަހުން ކުރީން އުފެދިފައިއޮތް އިތުބާރު ގެއްލި، ޝައްކުތަކާއި ވަހުމްތައް އުފެދި، ބޮޑެތި ބަދުނާމު އެކަކު އަނެކަކުގެ ބޮލުގައި އަޅުވާ، ދެމީހުންކުރެ އެކަކުވެސް އަނެކަކު ދައްކާ އެއްވެސް ވާހަކައެއް ދުވަހަކުވެސް ޤަބޫލު ނުކުރާނޭ ދަރަޖައަށް ގުޅުން ގޯސްވުމެވެ. އެއީ އެގުޅުމުގެ ނިމުންކަމުގައިވުން ނޫންގޮތެއް ދެން ނޯވެއެވެ. 

ދެމަފިރިންގެ މައްސަލަތައް އެހެން މީހުންނާ ހިއްސާ ނުކުރަން ޖެހޭ އެތައް ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ސިއްރު ހިފެހެއްޓުމުގެ މައްސަލަ އާދެއެވެ. މި ސިއްރުތައް ހާމަކުރުމަކީ އިސްލާމްދީނުގައި މަނާކުރެވިފައިވާ ކަމެކެވެ. އަދި ހަމައެއާއެކު މައްސަލަތައް އެހެން މީހުންނާ ހިއްސާކުރުމުން، އެ މީހުންގެ ޚިޔާލުތަކާއި ލަފާތަކުގެ ސަބަބުން ދެމަފިރިންގެ ގުޅުން އިތުރަށް ގޯސްވެ، އަނބިމީހާ ނުވަތަ ފިރިމީހާގެ މައްސަލަތައް އެހެން މީހުންނާ ހިއްސާކުރުމުން، އެކަކު އަނެކަކަށް އޮންނަ އިތުބާރު ގެއްލި، ގުޅުން އިތުރަށް ގޯސްވެގެން ހިނގައިދާނެއެވެ. 

ދެމަފިރިންގެ މައްސަލަތައް އެހެން މީހުންނާ ހިއްސާކުރުމުން، އެ މީހުންގެ ހިތުގައި ދެމަފިރިންނާ މެދު ނޭދެވޭ ޚިޔާލުތަކެއް އުފެދި، އެކަމުގެ ސަބަބުން އިޖްތިމާއީ ގުޅުންތަކަށްވެސް އަސަރުކޮށްފާނެއެވެ. 

މި ހުރިހާ ސަބަބުތަކަށްޓަކައި، ދެމަފިރިންގެ މައްސަލަތައް އެހެން މީހުންނާ ހިއްސާކުރުމުގެ ބަދަލުގައި، އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަން ޖެހެއެވެ. އިސްލާމްދީނުގައި ދެމަފިރިންގެ މައްސަލަތައް ހައްލުކުރުމަށް ވަކި ގޮތްތަކެއް އަންގަވާފައިވެއެވެ. އޭގެ ތެރޭގައި:

ވާހަކަދެއްކުން: ދެމަފިރިން އެކުގައި އިށީނދެ، އޯގާތެރިކަމާއެކު މައްސަލައާ ބެހޭގޮތުން ވާހަކަދައްކައި، އެކަކު އަނެކަކުގެ ޝުޢޫރުތަކަށް އިޙްތިރާމްކުރުން.

ކެތްތެރިވުން: މައްސަލަތައް ހައްލުކުރުމަށް ވަގުތު ނަގާނެކަން ޤަބޫލުކޮށް، ކެތްތެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުން.

މަޝްވަރާކުރުން: ކަމުގެ މާހިރުންނާއި ޢިލްމުވެރިންގެ ލަފާ ހޯދުން.

ދުޢާކުރުން: ﷲގެ ޙަޟްރަތުން މަދަދަށް އެދި ދުޢާކުރުން. 

އެހެންނަމަވެސް، ބައެއް މީހުން ދެމަފިރިންގެ މައްސަލަތައް ހައްލުކުރުމަށް އެހެން މީހުންނާ ހިއްސާކުރުމުން އެމީހުންގެ އެސްފީނާ ޖެހެއެވެ. އެސްފީނާއަކީ މިއީ ވަރަށް ނުރައްކާތެރި އަދި އެހާމެ ގެއްލުން ހުރި ކަމެކެވެ. އެސްފީނާއަކީ އަނެކާއާ ދިމާއަށް ބަލާ ބެލުމެއްގެ ސަބަބުން ނުވަތަ ދެކެވޭ ވާހަކަތަކެއްގެ ސަބަބުން އެ ބެލެވުނު ފަރާތަށް ގެއްލުމެއް ލިބުމެވެ. އެސްފީނާގެ ސަބަބުން މުޅި ދިރިއުޅުން އަނެއް ފުށަށް ޖެހި މީހާ ބަލިވެއެވެ. އެއީ ސިހުރަށްވުރެވެސް ނުބައި ކަމެކެވެ. 

އެސްފީނާއަކީ ހަޤީގަތެއްކަމާ މެދު ބައެއް މީހުންގެ ހިތުގައި ޝައްކު އުފެދެއެވެ. އެއީ އަސްލެއް އެކުލެވިގެން ނުވާ ބޯދާ ބުނުންތަކެއް ކަމަށް ޤަބޫލުކުރާ ބަޔަކު ވެސް އެބަ އުޅެއެވެ. ނަމަވެސް އެސްފީނާއަކީ ސަމާސާއެއް ނޫނެވެ. ޚިޔާލީ އެއްޗެއް ވެސް ނޫނެވެ. ހަޤީގަތެކެވެ. އެސްފީނާއަކީ ހަޤީޤަތެއްކަން ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާން އެބައޮތެވެ.  

މީގެ ބަދަލުގައި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތްތަކަށް ޢަމަލުކޮށް، ކެތްތެރިކަމާއެކު މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަން ޖެހެއެވެ. ޒަވާޖީ ޙަޔާތެއް ފަށާކޮންމެ މީހަކުވެސް އެންމެއިސްކަމެއް ދޭންޖެހޭ އެންމެމުހިންމު އެއްކަމަކީ މައްސަލައެއް ދިމާވާ ފުރަތަމަ ދުވަހަކީ އެމައްސަލައިގެ ނިމުންވެސް ގެންނާނޭ ދުވަހަކަށް ހެދުމެވެ. އިޞްލާހު ކުރުމުގެ މަގަށް ވަރަށްބޮޑު އިސްކަމެއް ދިނުމެވެ. އަބަދުވެސް ސުލްޙައަކީ އެންމެހެޔޮކަން ބޮޑުގޮތެވެ.  

ދެމަފިރިންގެ މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ރަޙްމަތްތެރިކަމާއެކު މުޢާމަލާތްކުރުމެވެ. އަދި މައްސަލަތައް އެހެން މީހުންނާ ހިއްސާކުރުމުގެ ބަދަލުގައި، އެކަކު އަނެކަކާ ވާހަކަދައްކައިގެން ހައްލު ހޯދުމަށް މަސައްކަތްކުރުމެވެ. ޝިރުކުގެ ޢަމަލުތަކުން ދުރުހެލިވެ، ﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމެވެ. މިގޮތަށް ޢަމަލުކުރުމުން، ދެމަފިރިންގެ ގުޅުން ބަދަހިވެ، އުފާވެރި ދިރިއުޅުމެއް ލިބިގެންދާނެއެވެ.

 

                   

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު