އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު
އަހަރެމެން އެންމެންނަކީވެސް ﷲ ތައާލާގެ އަޅުންނެވެ. ކޮންމެ ކަމެއްވެސް ޙާޞިލުކުރެވެން އޮތީ ﷲ ތަޢާލާ އެކަމެއް ހިންމަވައިދެއްވެވުމުންނެވެ. އަދި ކަންކަމަށް އެދި ތިމަން ﷲ ގެ ޙަޟްރަތުގައި ދަންނަވާ މީޙުންނަށް ފުއްދަވައިދެއްވަވާނެކަމަށް ﷲ ތަޢާލާ ވަނީ ވަހީކުރައްވަވައިފައެވެ.
އާޔަތުލްކުރުސި އާއި އިޚްލާޞް، ފަލަޤް، ނާސް 3 ސޫރަތް 2 އިރު އިރަކު 3 ފަހަރު ކިޔެވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކޮންމެ ދުވަހަކު ކުރަން ޖެހޭ ޛީކުރެކެވެ. އަދި އެއީ ސިހުރާއި އެސްފީނާ ޖެހުމުން އެކަނި ކުރަން އޮތް ކަމެއް ނޫނެވެ. އަބަދުވެސް އެކަންކުރުންމަތީގައި ދެމިތިބެންވީ އެކަމަކީ ސިހުރާއި އެސްފީނާއިން މީހާ ސަލާމަތްކޮށްދޭ ކަމަކަށްވާތީއެވެ.
ކޮންމެއަކަސް ކިޔަވަމުން ދަނިކޮށްވެސް އެފަދަ އުނދަގުލެއް ޖެހިފައިވާ މީހަކަށް އޭނާއަށްކުރާ އުނދަގޫ އިތުރުވާކަމަށް އިޙްޞާޞްކުރެވިދާނެއެވެ. އެފަދަހާލަތުގައި 2 އިރު ކިޔެވުމުގެ ބަދަލުގައި ކޮންމެ ނަމާދެއްގެފަހުގައިވެސް ކިޔަވާށެވެ!
ދަރިންގެ ބޭނުންތައް ފުއްދައިނުދެވޭނަމަ ބައްޕަ ފެންނަ ކޮންމެ ފަހަރަކު އެކަމުގެ ޝަކުވާކޮށް އެކަމެއް ފުއްދައިދިނުމަށް އެދޭނެއެވެ. މާގިނައިން އެދެވިއްޖެނަމަ ބައްޕަ ރުޅިވެސް އަތުވެދާނެއެވެ. މަންމަވެސް ރުޅި އަތުވެދާނެއެވެ.
ނަމަވެސް ޔަޤީންކޮށް އުފާކުރަންވީ ކަމަކީ ﷲ ތައާލާ އެދިވޮޑިގަންނަވަނީ، އަދި ލޯބިވެވޮޑިގަންނަވަނީ ކަންކަމުގައި އެދި ގިނަގިނައިން އެކަލާނގެ ޙަޟްރަތުގައި ދެންނެވުމަށްކަމެވެ. ވީމާ ދަންނަވާ ޢަދަދު އިތުރުކޮށްލާށެވެ! ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
8 ޖޫން 2025