އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަވާމެންދުރުގަވާ މީހުން- ޤުރްއާނުން

އަވާމެންދުރުގަވާ މީހުން- ޤުރްއާނުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން މުސްލިމުންގެ ތެރޭގައި ޢާންމުކުރުވަން މަސައްކަތްކުރާނީ ކާފިރުންނެވެ. މުސްލިމަކު އެފަދަ ކަންކަމެއް ނުކުރާނެއެވެ. އެއީ ބަރަހަނާކަން ޢާންމުކުރުވުން އަދި ބަނގުރާ ޢާންމުކުރުވުން އަދި އެކިއެކި ނަންނަން ކިޔައިގެން ހިލޭ ފިރިހެނުންނާއި އަންހެނުން ގައިގޯޅިކުރުވުން ނަމަވެސްމެއެވެ. ރިބާގެ މުޢާމަލާތްތައް ކުރުމާއި ޖުވާކުޅުންނަމަވެސްމެއެވެ. 

މިފަދަ ކޮންމެ ކަމަކީ މުންކަރާތެކެވެ. އެމީހެއްގެ ހިތުގައި އީމާންކަމުގެ ޛައްރެއްގެ މިންވަރު އޮތް މީހަކު ނަމަވެސް މުންކަރާތްތައް ނަހީކުރާނެއެވެ. ހުއްޓުވަން މަސައްކަތްކުރާނެއެވެ. އަތުން ނުވިނަމަ ދުލުން، ދުލުން ނުކުރެވޭނަމަ ހިތުން ނަމަވެސްމެއެވެ. 

ﷲ ތަޢާލާގެ ވަޙީބަސްފުޅަށް ބަލާށެވެ! ވިސްނައި ބިރުވެތިވާށެވެ!   

ކާފިރު ވި މީހުން (ދަންނާށެވެ!) އެއުރެންގެ ޢަމަލުތައްވަނީ، ތަނަވަސް ހުސްބިމެއްގައިވާ އަވާމެންދުރެއް ފަދައިންނެވެ. އަނގަހިއްކައިގެންފައިވާ މީހާ، އެއީ ފެންކަމަށް ހީކުރެތެވެ. އޭނާ އޭގެކައިރިޔަށް އަތުވެއްޖެ ހިނދު، އޭނާޔަށް (އޭނާ ހީކުރި) އެއްޗެއް ނުފެނުނެވެ. އަދި އޭނާޔަށް އެތަނުން ފެނުނީ، اللَّه ގެ ނިޔާފުޅެވެ. ފަހެ، އެމީހާގެ ޙިސާބް، އެކަލާނގެ އެމީހާޔަށް ހަމަޔަށް ދެއްވައެވެ. اللَّه އީ، ޙިސާބް ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ.

(އަންނޫނުރު: 39) 

ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، މަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ، އެމީހަކަށް اللَّه އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ.

(އަންނޫނުރު: 40) 

އެއްވެސް މީހަކީ އަބަދަށް މިދުނިޔޭގައި ހުރެވޭނެ މީހެއް ނޫނެވެ. ދުނިޔޭގައި ހުރެވޭ މަދުދުވަސްކޮޅު އަވާމެންދުރަށް ހެއްލެނިވެގެން އުޅެފިނަމަ އެމީހަކަށް އާޚިރަތް ދުވަހު ކަންކަން މެދުވެރިވާނެ ގޮތަށް ވިސްނައި ބިރުވެތިވާށެވެ! ނަރަަކއިގެ ހޫނުން އާވިކޮޅެއް ގައިގައި ބީހިލިނަމަވެސް ކެތްކުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެއީ ހަމަ ޔަޤީނަށް އެނގެން އޮތް ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް