އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވެރިޔާ ކައިވެނިނުކުރީމާ ހެޔޮލަފާ އެހެން މީހަކާ ކައިވެނިކުރާފަހުން ކުރީގެ ލޯބިވެރިޔާ ކުރާ އާދޭސް ޤަބޫލުކުރުމަށްވުރެ ބޮޑު މޮޔަކަމެއް ނުކުރެވޭނެ!

ލޯބިވެރިޔާ ކައިވެނިނުކުރީމާ ހެޔޮލަފާ އެހެން މީހަކާ ކައިވެނިކުރާފަހުން ކުރީގެ ލޯބިވެރިޔާ ކުރާ އާދޭސް ޤަބޫލުކުރުމަށްވުރެ ބޮޑު މޮޔަކަމެއް ނުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 17 ސިކުންތު

އަޅުގަނޑު އެމީހަކު ދެކެ ލޯބިވާ އަޅުގަނޑުގެ ލޯބިވެރިޔާ އަޅުގަނޑާއި ކައިވެނިނުކުރުމުން އަޅުގަނޑު އެމީހާ ދެކެ ލޯބިނުވިޔަސް އެމިހާ އަޅުގަނޑު ދެކެ ލޯބިވާ މީހަކާއި ކައިވެނިކުރެވި އުފަލުގައި އުޅެމުން ދަނިކޮށް ކުރީގެ ލޯބިވެރިޔާ އަލުން ގުޅެން ބޭނުންވެގްން އާދޭސްކުރާނަމަ ޢަމަލުކުރަން ރަނގަޅު ގޮތަކީ ކިބައިތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއައީ ހަމަ ވަރަށް ގިނައިން ކުރިމަތިވާ ސުވާލެކެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ 

އަޅުގަނޑަކީވެސް މީހަކު ދެކެ ލޯބިވެގެން 3 އަހަރު ދުވަހު ކެތްތެރިވި އަންހެނަކީމެވެ. ކައިވެނިކުރުން އިބިލީހުގެ ކައިވެންޏޭ ބުނެއުޅޭ މިޘާލުން ސަލާމަތް ނުވީމާ ވަކިވެ ކުރިން ނުވެސް ދަންނަ މީހަކާއި ކައިވެނިކުރީއެވެ. ދެމީހުން އެކަހެރިކޮށް ބައްދަލުކުރީވެސް ކައިވެނިކޮށްފައެވެ. 

ކައިވެންޏަށް 5 އަހަރެވެ. 2 ކުދިން ވަނީ ލިބިފައެވެ. ފިރިމީހާއަކީ ވަރަށް ހެޔޮލަފާ ރަނގަޅު މީހެކެވެ. އެކަމަކުވެސް ތެދަށް ބުނާނަމަ އަޅުގަނޑަށް އަދިވެސް ކުރީގެ ފިރިމީހާ ދެކެ ލޯބިވެވެއެވެ. އެކަން އޭނާއަށް އެނގެއެވެ. އޭނާގެ ކައިވެނި ރޫޅުމުން މިހާރު އުޅެނީ އަނެއްކާވެސް އަޅުގަނޑު ފަހަތުން ވިއްދައިގެންނެވެ. ވަރަށް ގިނަ ހުވާތައް އެބަކުރެއެވެ. 

އަޅުގަނޑުގެ ސުވާލަކީ އަލުން އޭނާއާއި ގުޅުންވާނީ ކޮންކަހަލަ ކަމަކަށްތޯއެވެ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އަނބިމިހާގެ ކުށެއް ނެތި ވަރިކުރުމަކީ އަނބިމިހާއަށް ދެވޭ އަނިޔާއަކަށްވާފަދައިން ފިރިމީހާގެ ކުށެއް ނެތި ފިރިމީހާގެ ގާތުން ވަރިވުންވެސް ވާނީ ފިރިމީހާއަށް ދެވޭ އަނިޔާއަކަށެވެ. އެކަކު، އެކަކަށްވެސް އަނިޔާވެރިވުމެއް ނެތެވެ. އަނިޔާވެރިވާ މީހުންނަށް އެކަމުގެ ރަހަ ފެންނާނެއެވެ. 

"ލޯބި" މާނަކުރަންޖެހޭނީ ހިތުގައި އުފެދޭ ޖަޒްބާތަކަށް ނޫނެވެ. ހިތަށް ލިބޭ ހިތްހަމަޖެހުމަށް އެކަންޏެއް ނޫނެވެ. އެންމެ މުހިންމީ އަތުން ހިފަން ލިބޭ ބައެވެ. ކިޔުންތެރިޔާއަށް އަތުން ހިފަން ލިބޭބައި ތިއަހައި ބޮޑުއިރު އެބައި ދޫކޮށްލައި ރިސްކެއް ނަގަން ހެޔޮނުވށާނެއެވެ. 

ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ލިބިދޭ ވާހަކައެކެވެ. 

ގިނަ އަންހެނުން ފަދައިން އަހަރެންނަކީވެސް ލޯބީގެ ޝިކާރައަކަށްވެވުނު އަންހެނަކީމެވެ. ނަތީޖާއަކީ ކައިވެނީގެ ބޭރުން ދަރިއަކުވެސް ލިބުމެވެ. ދަރިފުޅަށް ދެއަހަރުގައި އަހަރެން ކައިވެންޏެއް ކުރީމެވެ. ފިރިމާ ދަރިފުޅު ބަލަހައްޓަމުން އައީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ބައްޕައެއްގެ ލޯބި ދީގެންނެވެ. 

އަހަރެންނަށް ކުރެވުނު ދެވަނަ ކުށަކީ ދަރިފުޅުގެ ބައްޕަ އާއި އަލުން ގުޅުން އުފެއްދުނުކަމެވެ. ދަރިފޅު ދުށުމުގެ ނަމުގައި އޭނާ އައުމުން ގެއިން ނެރެލުމުގެ ހިތްވަރު ލިބިނުގަނެވުނުކަމެވެ. ލޯބީގެ އަވާގައި އަލުން ޖެހެވި މާޒީގައި އޭނާދިން އަނިޔާތައް ހަނދާނަށް ނުގެނެވުނުކަމެވެ. ނަތީޖާއަކަށްވީ އެކަން ފިރިމީހާއަށް އެނގުމުން ރޮމުން ކަރުނައަޅަމުން އަހަރެމެން ދެމައިން ދޫކޮށްލާފައި ދިއުމެވެ. 

ހުރިހާ އުފަލަކީ ލޯބކަމަށް ދެކެގެން ދަރިފުޅުގެ ބައްޕަ އާއިއެކު ޒަވާޖީ ޙަޔާތެއް ފެށީމެވެ. ދަރިފުޅަށް ލިބޭ ލޯބި އިތުރުވާނެކަމުގެ އުންމީދާއިވެސްއެކުގައެވެ. ނަމަވެސް އޭނާއަށް ދަރިފުޅު މުހިންމެއް ނުވިއެވެ. ދަރިފުޅަށް ދޭންޖެހޭ ލޯތްބެއް ނުދެވުނެވެ. ޢަމަލުކޮށް އަދި ބަސްބުނަނީވެސް ވަރަށް ހަރުކަށިކޮންނެވެ. އެކަމަށް ކެތްނުކުރެވިގެން އަހަރެން އޭނާ އާއިވަކިވީމެވެ. 

ވަރަށް ވިސްނާފައި ފުރަތަމަ ފިރިމީހާގެގެއަށް ދަރިފުޅު ގޮވައިގެން ދިއައީމެވެ. އޭނާ ވަރަށް އުފަލުން ދަރިފުޅަށް މަރުޙަބާކިޔެވެ. ނަމަވެސް އަހަރެން ބަލައިގަންނަން އެއްބަހެއް ނުވިއެވެ. އާދޭސްކުރުމުންވެސް ބުނީ އަހަރެން ކަންތައް ކުރިގޮތުންނާއި ދަރިފުޅާއި ވަކިކޮށްލުމުން ލިބުނު އަނިޔާތަކުން ހިތުގައި ލެވިފައިހުރި ފާރުތައް ދުވަހަކުވެސް ނުހިކޭނެކަމަށެވެ. ނަމަވެސް ދަރިފުޅު ދެކެވާލޯބި ދުވަހަކުވެސް އުނިނުވާނެ ކަމަށެވެ. 

އޭނާ އަހަރެންގެގެއަށް ދާކަށް އެއްބަހެއް ނުވިއެވެ. ނަމަވެސް ދަރިފުޅުދެކެވާލޯބިން އަހަރެމެން ދެމައިންނަށް ވަނީ އޭނާގެ ގޭގައި އުޅުމުގެ ފުރުޞަތު ދީފައެވެ. ދަރިފުޅަށް އުފާ ހޯދައިދިނުމަށްޓަކައި މިއުޅެނީ އެގޭގައެވެ. އެއްމޭޒުކައިރީގައި ތިބެ ކައިހަދާއިރުވެސް ލޯބިން އެންމެ ކުޑަމިނުން އަހަރެންނަށް ބަލައިވެސް ނުލައެވެ. 

އޭނާ ބުނަނީ އޭނާ އިތުރު ކައިވެންޏެއް ކުރިނަމަވެސް އެ އަނބިމީހާ ވެސް ގެންގުޅޭނީ އެހެން ގެއެއްގައި ކަމަށެވެ. ދަރިފުޅު ހިތުގައި ޖެހިދާނެ ކަމެއް އޭނާގެ ލޮލަށް ދައްކަންވެސް  ބޭނުންނުވާކަމަށެވެ.

ލޮބުވެތި އުޚުތުންނޭވެ! މިއަދު އަހަރެން ވޭތިކުރަމުން މިގެންދަނީ ހާދަ ހިތްދަތި ޙަޔާތެކެވެ. ހިތް އަބަދުވެސް އޮންނަނީ އަނދައަނދައެވެ. އައިސް އެޅިނަމަވެސް ފިނިކަމެއް ނުލިބޭ ޙާލަތުގައެވެ. އަހަރެންގެ ޢާދޭހަކީ އަހަރެންނަށް މިކުރެވުނު ފަދަ ބޮޑުކުށެއް ތިއަ އުޚުތުން ނުކުރުމެވެ. ލޯބީގެ އަވާގައި ޖެހި މިފަދަ ކުށެއް ކުރެވުމުން ދިރިއުޅެންޖެހޭ ހިތްދަތި ޙާލަތު އެނގޭނީ ހަމަ މިފަދަ ޙާލަތެއް ކުރިމަތިވުމުންނެވެ.

 

- ޢާއިޝާ އިބްރާހީމް / ލާހޫރު/ ޕާކިސްތާން 

- ޢިބްރަތްތެރި ވާހަކަ

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް