އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބީގަ ތެދުވެރިވާނެކަން ޔަޤީންކުރެވޭ ޒުވާނަކު ފެނުމުން ޒުވާނާގެ ލޯބިވެރިޔާއަށް 1 މިލިއަން ޑޮލަރުދީފައި ޒުވާނާ ޙާޞިލުކުރި ތަނަވަސް އަންހެނެއްގެ ވާހަކަ-

ލޯބީގަ ތެދުވެރިވާނެކަން ޔަޤީންކުރެވޭ ޒުވާނަކު ފެނުމުން ޒުވާނާގެ ލޯބިވެރިޔާއަށް 1 މިލިއަން ޑޮލަރުދީފައި ޒުވާނާ ޙާޞިލުކުރި ތަނަވަސް އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

އޭނާއަކީ ތަނަވަސް ޢާއިލާއެއްގެ އަންހެން ދަރިއެކެވެ. އާމްދަނީ ހޯދަން މަސައްކަތްކުރަނީ އަމިއްލައަށެވެ. އަމިއްލަ ވިޔަފާރިކުރަނީއެވެ. ދިރިއުޅެނީ ވަކިން އެހެން ސިޓީއެއްގައެވެ. މައިންަބފައިންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮންނަނީ ޢުމުރުން 35 އަހަރުވީއިރުވެސް ކައިވެނި ނުކުރާ ކަމެވެ.  

އެހެންވެ މައިންބަފައިންގެ ގާތަށް ދާން އޭނާ ޤަޞްދުކުރީ ލޯބިވެރިއަކު ގޮވައިގެންނެވެ. އެއީ ދެން ލަހެއް ނުވެ ކައިވެނިކުރާނެކަން ދެއްކުމަށެވެ. މައްސަލައަކީ ލޯބިވެރިއަކުވެސް ނުހުންނަ ކަމެވެ. އެހެންވެ އޮފީހުގެ އެންމެ ރަނގަޅު އެއް މުވަޒިފަށް ބުންޏެވެ. "އަހުރެންނާއިއެކު މަހެއްހައި ދުވަހަށް ދަތުރަކު ހިނގާށެވެ. އުޅެންޖެހޭނީ އަހުރެންގެ ލޯބިވެރިޔާ ކަމަށް ހެދިގެންނެވެ. އެކަމުގެ އަގަކަށް ހިތްފުރޭހައި ބޮޑު އަގެއް ދޭނަމެވެ." 

އޭނާގެ ޖަވާބު ވަރަށް ތަފާތެވެ. "މެޑަމްއެވެ! އެއިރުން އަހުރެންގެ ލޯބިވެރިޔާ ވަރަށް ދެރަވާނެއެވެ. ކިތަންމެ ގިނަ ފައިސާ ދިނަސް އޭނާގެ ހިތުގައި ޖެހޭނެ ކަމެއް ކުރާކަށް ނުކެރޭނެއެވެ."  

"ހަމަޔަޤީންތޯ ތަކުރާރުކޮށް ސުވާލުކުރުމުންވެސް ބުނީ ޔަޤީންކަމަށެވެ. އެހިސާބުން މެޑަމްއަށް ވިސްނުނެވެ. "މިފެނުނީ ކައިވެނިކުރަންވީ މީހާއެވެ. މީނާއާއި ކައިވެނިކުރެވިއްޖެނަމަ ދެރަވާނެ ކަމެއް ނުކުރާނެއެވެ."  

ކޮންމެއަކަސް އެހިސާބުން މެޑަމް މަސައްކަތްކުރަން ފެށީ އެޒުވާނާގެ ލޯބިވެރިޔާ އާއި އެދެމީހުން ދުރުކުރުވާށެވެ. އެހެންވެ ސިއްރުން އޭނާގެ ލޯބިވެރިޔާ އާއި ބައްދަލުކޮށްފައި ބުންޏެވެ. "ބައްދަލުމިކުރީ ވަރަށް އެހެން ކަހަލަ ވާހައެއް ދައްކައިލާށެވެ. އަހުރެންގެ ހުށަހެޅުން ސިއްރުކޮށްދޭށެވެ. ކަލޭ ކަލޭގެ ލޯބިވެރިޔާއާއި ވަކިވެ އަވަހަށް ކައިވެންޏެއް ކުރާށެވެ! އަގަކަށް އެއް މިލިއަން ޑޮލަރުދޭނަމެވެ. އެޑްވާންސަށް ބައެއް މިހާރުވެސް ދީފާނަމެވެ."  

އަންހެން ކުއްޖާ އެހުށަހެޅުން ޤަބޫލުކުރިއެވެ. ލޯބިވެރިޔާއާއި ވަކިވެ އެހެން މީހަކާއި ކައިވެނިކޮށް 1 މިލިއަން ޑޮލަރު ހޯދިއެވެ. އެކަމުގެ ހިތާމައިގައި ޒުވާނާ ހުއްޓައި މެޑަމް އަނެއްކާވެސް އޭނާއާއި ބައްދަލުކުރިއެވެ. މިފަހަރުގެ ހުށަހެޅުން ތަފާތެވެ. "އަހުރެން ކަލެއަށްވުރެ 2 އަހަރު ދޮށިކަން އެނގެއެވެ. އެކަމަކު އަހުރެންނާއި ކައިވެނިކުރަން އެއްބަސްވާށެވެ. ވަރަށް ލޯބިން ޢުމުރަށް ގެންގުޅޭނަމެވެ."  

މެޑަމްގެ މިފަހަރުގެ ހުށަހެޅުން ޒުވާނާ ޤަބޫލުކޮށް ކައިވެނިކުރިއެވެ. އެއީ ތަނަވަސްކަމުގެ ދަހިވެތިކަމަކު ނޫނެވެ. އޭނާގެ ލޯބިވެރިޔާ ގެއްލުމުން ކޮންމެވެސް މީހަކާއި ކައިވެނިކުރުމުގެ ބޭނުމުގައެވެ. ކޮންމެއަކަސް ކައިވެނިކުރުމުން އަނބިމީހާގެ ތަނަވަސްކަމުން އޭނާއަށް ބައެއްވެސް ލިބިގެންދިއައީއެވެ.  

މިއީ އަޅުގަނޑަށް ފެނިފައިވާ ފިލްމެއްގެ ކުރު ޚުލާޞާއެކެވެ. ފާހަގަކޮށްލަން ބޭނުންވަނީ ލޯބިވެރިންގެ ހުރި ތަފާތެވެ. އެއް ބައަކު ފައިސާއަށް ވިކެނީއެވެ. ފައިށާގެ ދަހިވެތިކަމުގައި ލޯބި ޤުރްބާންކޮށްލަނީއެވެ. އަނެއް ބައަކު ލޯބީގައި ތެދުވެރިވަނީއެވެ. ލޯބީގައި ތެދުވެރިވީމާ ލިބޭ އަގުވެސް މާބޮޑުވެގެންއެބަދެއެވެ. ވީމާ މިއީ ވިސްނައިލުން މުހިންމު ކަމެއް ނޫންތޯއެވެ؟

 

- ޒަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

--ޢިބްރަތްތެރި ވާހަކަ-

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް